hadith book logo
Surah 1Meccan7 Ayahs

Al-Faatiha— The Opening

001
Al-Faatiha·1
ﭑﭒﭓﭔﭕ
Abu Bakr Ibrahim Ali (Bakurube)

ފުރަތަމަ أَعُوذُ ގެމާނަ: ހެޔޮކަމާދުރުވެގެންވާ އަދި لَعْنَة ލެއްވި ފައްސައިލެވިގެންވާ شيطان އާގެ ފަރާތުން ސަލާމަތްވެ ރައްކާތެރިވުމަށް ﷲ ގެ حضرة ން މިއަޅާ حماية އާއި ރައްކާތެރިކަން ލިބިގަންނަމެވެ. ------------- (1) ﷲ ގެ ނަންފުޅުން އަޅުފަށަމެވެ. އެކަލާނގެއީ އެންމެހައި خلق ތަކުންނަށް عامّ ކޮށް ދުނިޔޭގައި رحمة ލައްވާ ކަލާނގެއެވެ. އަދި މުއުމިނު އަޅުތަކުންނަށް قيامة ދުވަހުން خاصّ ގޮތެއްގައި رحمة ލައްވާ ކަލާނގެއެވެ.

Al-Faatiha·2
ﭖﭗﭘﭙﭚ
Abu Bakr Ibrahim Ali (Bakurube)

(2) އެންމެހައި تَعْرِيف އާއި ثَنَاء خاصّ ވެ މިލްކުވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ عالم ތައް ހައްދަވާބޮޑުކުރައްވާ އެތަކެތި ތަރްބިއްޔަތު ކުރައްވާ އެތަކެތީގެވެރި ކަލާނގެއެވެ. (عَالَم ތަކަކީ ﷲ ފިޔަވައި ދެންހުރި ހުރިހާއެއްޗެކެވެ. والله أعلم)

Al-Faatiha·3
ﭛﭜﭝ
Abu Bakr Ibrahim Ali (Bakurube)

(3) އެކަލާނގެއީ އެންމެހައި خلق ތަކުންނަށް عامّ ގޮތެއްގައި رحمة ލައްވާ ކަލާނގެއެވެ. އަދި މުއުމިނުތަކުންނަށް قيامة ދުވަހުން خاصّ ގޮތެއްގައި رحمة ލައްވާ ކަލާނގެއެވެ.

Al-Faatiha·4
ﭞﭟﭠﭡ
Abu Bakr Ibrahim Ali (Bakurube)

(4) އެކަލާނގެއީ عمل ތަކަށް ހިސާބުބައްލަވާ ޖަޒާދެއްވާ ދުވަހުގެ ވެރިކަލާނގެއެވެ.

Al-Faatiha·5
ﭢﭣﭤﭥﭦ
Abu Bakr Ibrahim Ali (Bakurube)

(5) (އަޅަމެންގެ رَبُّއެވެ.) އަޅަމެން އަޅުކަންކުރަނީ (އަދިކުރާނީވެސް) އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ (އަދިއެދޭނީވެސް) ހަމަ އިބަރަސްކަލާނގެ حضرة ންނެވެ.