hadith book logo
Surah 10Meccan109 Ayahs

Yunus— Jonas

010
Yunus·1
ﭑﭒﭓﭔﭕﭖﭗ
Abu Bakr Ibrahim Ali (Bakurube)

(1) الر މި އަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. މިއީ حكم ގަދަވެގެންވާ ފޮތުގެ އާޔަތްތަކެވެ. އެބަހީ: ކީރިތި قرآن ގެ އާޔަތްތަކެވެ.

Yunus·2
ﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳ
Abu Bakr Ibrahim Ali (Bakurube)

(2) އެމީހުންގެތެރެއިން އެބަހީ: مكّة ގެ قريش ންގެ ތެރެއިން ފިރިހެނަކަށް ތިމަންރަސްކަލާނގެ وحي ބާވައިލެއްވީމާ އެކަން މީސްތަކުންނަށް عجائب އަކަށްވަނީހެއްޔެވެ؟ އެއީ އެބޭކަލަކު މީސްތަކުންނަށް ނަރަކައިގެ ވާހަކައިން ބިރުގަންނަވާ أنذار ކުރެއްވުމަށެވެ. އަދި مؤمن ންނަށް އެމީހުންގެ رَبّ ގެ حضرة ގައި ރަނގަޅު ދަރުމަޔާއި ثواب ހުރިކަމުގެ ނުވަތަ ތެދުވެރި މަތިވެރި ދަރަޖަ ހުރިކަމުގެ އުފާވެރި خبر ދެއްވުމަށެވެ. (އެއީ އެފަދަ عمل އެމީހުންކޮށްފައިވާތީއެވެ. ދެންފަހެ އެކަލޭގެފާނު އެފަދައިން رسول ކަން އިއްވެވުމުން) ކާފަރުންގެ މީހުން ބުނީ ހަމަކަށަވަރުން މިއީ ކަނޑައެޅި بيان ވެގެންވާ سِحر ވެރިއެކެވެ.

Yunus·3
ﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕ
Abu Bakr Ibrahim Ali (Bakurube)

(3) ހަމަކަށަވަރުން ކަލޭމެންގެ رَبّ އަކީ ﷲ އެވެ. އެކަލާނގެއީ ހަދުވަހެއްގެތެރޭގައި އުޑުތަކާއި ބިންހެއްދެވި ކަލާނގެއެވެ. ދެން عرش އަށް އެކަލާނގެ إِسْتِوَاى ވެވޮޑިގެންނެވިއެވެ. އެކަލާނގެ ކަންތައްތައް تدبير ކުރައްވައެވެ. (ކަންތައްތައް ނިޔާކުރައްވައެވެ. ހިންގަވައެވެ.) އެކަލާނގެ حضرة ގައި އެކަލާނގެ އިޒުނަ ދެއްވުމަށްފަހުގައިމެނުވީ އެއްވެސް މީހަކަށް شفاعة އެއްވާނޭ ހަމައެކަކުވެސް ނުވެއެވެ. (އޭ މީސްތަކުންނޭވެ!) އެއީ ﷲ އެވެ. އެއީ ކަލޭމެންގެ رَبّ އެވެ. އެހެންވެ ކަލޭމެން އެކަލާނގެއަށް އަޅުކަންކުރާށެވެ! އަޅެފަހެ ކަލޭމެން عبرة حاصل ކޮށް نصيحة އާއި وعظ ލިބިނުގަންނާނޭހެއްޔެވެ؟

Yunus·4
ﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖ
Abu Bakr Ibrahim Ali (Bakurube)

(4) ކަލޭމެން އެންމެން (މަރުވުމަށްފަހު އަލުން ދިރިގެން) އެނބުރި رُجُوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ. އެއީ ﷲ وعد ކުރައްވާފައިވާ حقّ وعد ފުޅެކެވެ. (މަރުވުމަށްފަހު އަލުން ދިރުއްވައި حِسَاب ބައްލަވާ جزاء ދެއްވުމަށް محشر ކުރެއްވުމަކީ އެކަލާނގެ ކުރައްވާފައިވާ حقّ وعد ފުޅެކެވެ. ހަމަކަށަވަރުން އަލަށް ފައްޓަވައިގެން خَلْقُ ތަކުން ހެއްދެވީ އެކަލާނގެއެވެ. ދެން މަރުވުމަށްފަހު، އެކަލާނގެ އެހެއްދެވުން إعاد ކުރައްވާނެއެވެ. އަލުން ދިރުއްވާނެއެވެ. އެއީ إيمان ވެގެން صالح عمل ކުރި މީސްތަކުންނަށް عدل ވެރި ޖަޒާދެއްވުމަށެވެ. އަދި ކާފަރުވީ މީސްތަކުން ދަންނައެވެ! އެމީހުންނަށް އެދުވަހުން ހުންނަހުރީ ހޫނުކަން އެންމެމަތީ ދަރަޖައަށް އަރާފައިވާ ގަދަހޫނު ފެނުގެ ބުއިމާއި އަދި ގަދަވެގެންވާ ވޭންދެނިވި عذاب އެވެ. އެއީ އެމީހުން ކާފަރުވީކަމުގެ ސަބަބުންނެވެ.

Yunus·5
ﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰ
Abu Bakr Ibrahim Ali (Bakurube)

(5) އެކަލާނގެއީ އަލިކަންފޮނުވާ އަލިކޮށްދޭ އެއްޗެއްކަމުގައި އިރުހައްދަވައި އަދި ހަނދު އެއީ نُور އެއް ކަމުގައި ލެއްވި ކަލާނގެއެވެ. އަދި އަހަރުތަކުގެ عدد ދެނެގަތުމަށާއި އަދި ކަލޭމެން ހިސާބު ދެނެގަތުމަށްޓަކައި ހަނދު އެކިއެކި މަންޒިލްތަކުގައި يعني: ދަރަޖަތަކުގައި قَرَارُ ކުރައްވައި މިންވަރުކުރެއްވި ކަލާނގެއެވެ. ﷲ تعالى އެތަކެތި حقّ ގޮތުގައި މެނުވީ ނުހައްދަވައެވެ. އަދި ތަންދޮރު ދަންނަ މީސްތަކުންނަށްޓަކައި އެކަލާނގެ آية ތައް تفصيل ކުރައްވައި بيان ކޮށްދެއްވައެވެ. (ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަން ދަންނަ އެކަމަށް ވިސްނާ އެކަން ދަންނަ މީސްތަކުންނަށް އެކަލާނގެ آية ތަކާއި حُجَّة ތައް تفصيل ކޮށްދެއްވައެވެ. އެއީ نَقْلِى ދަލީލާއި عَقْلِى ދަލީލެވެ.