hadith book logo
Surah 101Meccan11 Ayahs

Al-Qaari'a— The Calamity

101
Al-Qaari'a·1
ﭜﭝ
Abu Bakr Ibrahim Ali (Bakurube)

(1) قَارِعة (يَعْنى ހިތްތައް ބިރުން ތެޅޭފަދަ ޤިޔާމަތް ދުވަސް ދަންނައެވެ.)

Al-Qaari'a·2
ﭞﭟﭠ
Abu Bakr Ibrahim Ali (Bakurube)

(2) قَارِعة އެވެ ކިޔުނު ޤިޔާމަތްދުވަސް އެއީ ކޮންފަދަ ދުވަހެއްތޯއެވެ؟

Al-Qaari'a·3
ﭡﭢﭣﭤﭥ
Abu Bakr Ibrahim Ali (Bakurube)

(3) އަދި قَارِعة އެވެ ކިޔުނު ޤިޔާމަތްދުވަސް އެއީ ކޮންފަދަ އެއްޗެއްކަން ކޮންފަދަ ދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

Al-Qaari'a·4
ﭦﭧﭨﭩﭪﭫ
Abu Bakr Ibrahim Ali (Bakurube)

(4) އެއީ ވަކިވަކިވެ ފެތުރިގެންވާ ކޮކާ ތަކެއް ފަދައިން (އުދުހޭ އެބާވަތުގެ އެއްޗެހިތަކެއްފަދައިން މީސްތަންވާނޭ ދުވަހެވެ، މީސްތަކުން ކައްވަޅުތަކުން ނުކުމެގެން ބިރުވެރިކަން ބޮޑުކަމުން ދާނެވަކިތަނެއްނޭގި މުޅިތަނަށް ފެތުފައި ތިބޭނެއެވެ. އެފަދަޙާލުގައިވަނިކޮށް مَحْشَرُ ގެމައިދާނަށް އެއްކުރެވޭނެއެވެ. وَالله أعْلَم

Al-Qaari'a·5
ﭬﭭﭮﭯﭰ
Abu Bakr Ibrahim Ali (Bakurube)

(5) އަދި އެދުވަހުން ފަރުބަދަތައް ކުދިކުދިވެ ފިނދާ ކުލަޖައްސާފައިވާ ކެހެރިތަކެއްފަދައިން ނުވަތަ ކަފަތަކެއްފަދައިން ވަޔަށްބުރައިގެން ހިގައިދާނެއެވެ.