hadith book logo
Surah 107Meccan7 Ayahs

Al-Maa'un— Almsgiving

107
Al-Maa'un·1
ﭦﭧﭨﭩﭪ
Abu Bakr Ibrahim Ali (Bakurube)

(1) (އޭމަތްވެގެންވާ ރަސޫލާއެވެ!) ހިސާބު ބެއްލެވުމާއި ޖަޒާދެއްވުން ދޮގުކުރާމީހާއަށް ކަލޭގެފާނު ބެއްލެވީމުތޯއެވެ؟ އެމީހާގެ ޚަބަރު ނިކަން ދެއްވައި ބައްލަވާށެވެ. (އެމީހަކީ العَاصُ بْنُ وَائِلُ السّهمى ކަމުގައި ބުނެވުނެވެ. އަދިއެއީ الوَلِيْد بْنُ المُغِيْرَة ކަމުގައި ބުނެވުނެވެ. ނުވަތަ މުނާފިޤުން ކުރެކޮންމެވެސް މީހަކު ކަމުގައި ބުނެވުނެވެ. والله أعلم.

Al-Maa'un·2
ﭫﭬﭭﭮﭯ
Abu Bakr Ibrahim Ali (Bakurube)

(2) ފަހެ އެމީހާއަކީ ޔަތީމު ކުދިންނަށް އެކުދިންގެ حَقُّނުދީ ދުރުކުރާމީހާއެވެ. އެކުދިންނަށް އަނިޔާކުރާމީހާއެވެ.

Al-Maa'un·3
ﭰﭱﭲﭳﭴﭵ
Abu Bakr Ibrahim Ali (Bakurube)

(3) އަދި މިސްކީނުންނަށް ތިމާއަމިއްލައަށްވެސް ކާއެތިކޮޅު ނުދީ އަދި އެކަމަށް އެހެންމީހުންނަށްވެސް ހިތްވަރު ނުދޭމީހެކެވެ.

Al-Maa'un·4
ﭶﭷﭸ
Abu Bakr Ibrahim Ali (Bakurube)

(4) ފަހެ ނަމާދުކުރާމީހުންނަށް ނަރަކައިގެ ގަދަ ޢަޒާބު ހުންނަހުއްޓެވެ.

Al-Maa'un·5
ﭹﭺﭻﭼﭽﭾ
Abu Bakr Ibrahim Ali (Bakurube)

(5) އެމީހުންނަކީ ނަމާދުގެމަތީން ހަދާންނެތި އަދި غَافِلُ ވެގެންތިބެފައި ގޮސް ނަމާދުކުރާމީހުންނެވެ. (އެއީ شَرْعِى ޢުޒުރެއްނެތި ވަގުތު ލަސްކޮށްފައިގޮސް ނަމާދު ކުރާމީހުން ކަމުގައި ބެލެވެއެވެ.) ނުވަތަ އެއީ މުނާފިޤުން ކުރާގޮތަށް ނަމާދުކުރާމީހުންނެވެ. އެއީ މީހުން ބަލަންތިބިއްޔާ ގޮސް ނަމާދު ކޮށްފައި މީހުން ބަލަންނެތިއްޔާ ނަމާދު ނުކުރާމީހުން ކަމުގައި ބުނެވުނެވެ.