Surah 108Meccan3 Ayahs
Al-Kawthar— Abundance
108
Al-Kawthar·1
ﮆﮇﮈﮉ
Abu Bakr Ibrahim Ali (Bakurube)
(1) (އޭ رَسُولُ الله އެވެ!) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް كَوْثَرُ އެވެކިއުނު އާރު ދެއްވީމެވެ. (كَوْثَرُ އަކީ ސުވަރުގޭގައިވާ އާރެކެވެ. އެއީ رَسُولُ الله ﷺ އަށާއި އެކަލޭގެފާނުންގެ އުއްމަތަށް الله ދެއްވާފައިވާ خَاصَّ كَرَامَة އެކެވެ. މާތްކަމެކެވެ. އެއާރުން ބޯންގެންގުޅޭނެ ތަށިތައް އުޑުގެ ތަރިހާގިނަވާނެއެވެ. އެއާރުން ބޯނީ އީމާންތެރިމާތްމީހުންނެވެ. بِدْعَة ވެރިންނަށް އެއާރުން ނުބޮވޭނެއެވެ. އެމީހުން އެތަނުން ދުރުކުރެވޭނެއެވެ.)
Al-Kawthar·2
ﮊﮋﮌﮍ
Abu Bakr Ibrahim Ali (Bakurube)
(2) ފަހެ ކަލޭގެފާނުންގެ رب އަށް ކަލޭގެފާނުން ނަމާދުފުޅު ކުރަށްވާށެވެ. އަދި قُرْبَان ކުރައްވާށެވެ.
Al-Kawthar·3
ﮎﮏﮐﮑﮒ
Abu Bakr Ibrahim Ali (Bakurube)
(3) ހަމަކަށަވަރުން ކަލޭގެފާނު ރުޅިއަރުވާމީހާއީ ދުނިޔެއާއި آخِرَةُ ގެ އެންމެހައި ހެވަކުން ކެނޑިގެންވާ މީހެކެވެ. (ނުވަތަ ދަރިންގެ އެހީ ނެތްމީހަކީ އެއީއެވެ.)