hadith book logo
Surah 12Meccan111 Ayahs

Yusuf— Joseph

012
Yusuf·1
ﮢﮣﮤﮥﮦﮧﮨ
Abu Bakr Ibrahim Ali (Bakurube)

(1) الر މިއަކުރުތަކުގެ މާނައެއް - އަދި މުރާދެއް ދެނެވޮޑިގެންވަނީ ﷲ އެވެ. އެއީ بيان ކޮށް تفصيل ކޮށްދޭ ފޮތުގެ އާޔަތްތަކެވެ. (އެބަހީ: މިސޫރަތަކީ حرام حلال އަދި ތެދުމަގާއި هداية ސާފުކޮށް بيان ކޮށްދޭ ކީރިތި قرآن ގެ އާޔަތްތަކެވެ.)

Yusuf·2
ﮩﮪﮫﮬﮭﮮﮯ
Abu Bakr Ibrahim Ali (Bakurube)

(2) ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެފޮތް ބާވައިލެއްވީ عرب ބަހުންވާ قرآن އެއްގެ ގޮތުންނެވެ. عرب ބަހުންނެވެ. އެއީ ކަލޭމެން ވިސްނާ ފިކުރުކުރުމަށެވެ.

Yusuf·3
ﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡ
Abu Bakr Ibrahim Ali (Bakurube)

(3) (އޭ ރަސޫލުﷲ އެވެ.) މި قرآن ގައި ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލައްވާ وحي ގައިވާ އެންމެ ރީތި އެންމެ ރަނގަޅު ވާހަކަ ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحي ކުރައްވައި ކިޔައިދެއްވާ ހުށީމެވެ. އަދި އޭގެކުރީގައި - އެބަހީ: މި وحي ގެ ކުރީގައި ކަލޭގެފާނު އެވާހަކައާއިމެދު غافل ވަޑައިގެންވިޔަސްމެއެވެ. އެނގިވަޑައި ނުގަންނަވާ ކަމުގައިވީނަމަވެސްމެއެވެ.

Yusuf·4
ﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱ
Abu Bakr Ibrahim Ali (Bakurube)

(4) يوسف - (عليه السّلام) އެކަލޭގެފާނުންގެ ބައްޕާފުޅަށް ވިދާޅުވިހިނދު ހަނދުމަފުޅު ކުރަށްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ބައްޕާއެވެ! ހަމަކަށަވަރުން އެގާރަ ތަރިޔާއި އަދި އިރާއި ހަނދު ހުވަފެނުގައި އަހުރެންދުށީ އެތަކެތި އަހުރެންނަށް سجدة ކުރާތީއެވެ.

Page 236
Yusuf·5
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡ
Abu Bakr Ibrahim Ali (Bakurube)

(5) އެކަލޭގެފާނު އެބަހީ يوسف ގެ ބައްޕާފުޅު يعقوب (عليه السّلام) ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިފުޅާއެވެ! ކަލޭގެ ހުވަފެން ކަލޭގެ أخ ންނަށް ކިޔައިނުދޭށެވެ! އެހެން ހަދައިފިއްޔާ އެބަހީ: ކިޔައިދީފިއްޔާ އެމީހުން ކަލެޔާ عداوة ތެރިވެ ނުބައި ރޭވުން ކަލެޔާމެދު ރާވާނެއެވެ. ހަމަކަށަވަރުން شيطان އާއީ އިންސާނުންނަށްވާ عداوة ތެރިކަން ބަޔާންވެގެންވާ عداوة ތެރިއެކެވެ.