hadith book logo
Surah 14Meccan52 Ayahs

Ibrahim— Abraham

014
Ibrahim·1
ﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳ
Abu Bakr Ibrahim Ali (Bakurube)

(1) ބައެއް ސޫރަތް ފެށޭތަންތާ އެހުންނަ ވަކިއަކުރުގެ މުރާދެއް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. އަޅުތަކުންނަށް އޭގެ މާނަތައް ފުރިހަމައަށް އަންގަވާފައި ނުވާތީ مفسّر ންނާއި عالم ންނަށްވެސް ވަނީ خيال އާއި ލަފާއެވެ. މިސޫރަތް ފެށޭތާވެސް މިއީ ހަމަ އެމޭރުމުންވާ އަކުރުތަކެކެވެ. والله أعلم. (އޭ رسول ﷲ އެވެ!) މި قرآن އަކީ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލައްވާ ފޮތެކެވެ. (ކާފަރުކަމާއި މަގުފުރެދުމާއި جاهل ކަމުގެ އަނދިރިކަމުގެ ތެރެއިން) ކަލޭގެފާނު މީސްތަކުން ނެރުއްވައި އީމާންކަމާއި ތެދުމަގާއި علم ގެ އަލިކަމުގެތެރެއަށް އެމީހުން ވެއްދުމަށެވެ. އެއީ عزّة ވަންތަ އަދި حمد އާއި تعريف ލިބިވޮޑިގެންވާ ކަލާނގެ ކަނޑައަޅުއްވާފައި شريعة ގެ މަގަށް އެބައިމީހުންގެ ربّ ގެ އިޒުނަފުޅަށް މަގުދެއްކެވުމަށެވެ.

Ibrahim·2
ﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃ
Abu Bakr Ibrahim Ali (Bakurube)

(2) ﷲ އެއީ عزّة ވަންތަ އަދި حمد ލިބިވޮޑިގެންވާ ކަލާނގެއެވެ. އެއީ އުޑުތަކާއި ބިމުގައިވާހާ ތަކެތި އެކަލާނގެއަށް މިލްކުވެވޮޑިގެންވާ ކަލާނގެއެވެ. އަދި އެކަލާނގެއަށް ކާފަރުވެއްޖެ ބަޔަކަށް ގަދަވެގެންވާ عذاب ގެ وَيْلُ ހުއްޓެވެ. (وَيْلُ އަކީ ނަރަކަވަންތަވެރިން ގައިން އޮހޭ ދޮހާއި ފާދިޔައިގެ وَادى އެއްކަމުގައި ބުނެވެއެވެ. ނުވަތަ ގަދަހޫނުގެ وَادى އެއްކަމުގައި ބުނެވުނެވެ.) والله أعلم.

Ibrahim·3
ﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕ
Abu Bakr Ibrahim Ali (Bakurube)

(3) މިދެންނެވި ކާފަރުންނަކީ آخرة ގެ حياة ގެމައްޗަށް ދުނިޔޭގެ حياة އިސްކޮށް އެއަށް ލޯބިކުރާ މީހުންނެވެ. އަދި މީސްތަކުންނަށް ﷲ ގެ މަގު (އެކަލާނގެ دين) ބަންދުކޮށް އެދީނަށް ވަންނަން އެދޭމީހުންނަށް -އަދި އެދީނަށް އުޅެންއެދޭ މީހުންނަށް - އެކަން މަނާކުރާމީހުންނެވެ. އަދި އެމީހުންނަކީ ﷲ ގެ ދީން ބަދަލުކޮށް ހުއްދަނޫންގޮތްގޮތަށް تَأوِيل ކޮށް އެދީން ގުދުކުރަން އެދޭމީހުންނެވެ. ކަނޑައެޅިގެން އެމީހުން އެވަނީ ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.

Ibrahim·4
ﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫ
Abu Bakr Ibrahim Ali (Bakurube)

(4) އަދި ތިމަންރަސްކަލާނގެ އެއްވެސް رسول ބޭކަލެއް އެބޭކަލެއްގެ قوم ގެ މީހުން ވާހަކަދައްކާ ބަހުންމެނުވީ رسول ކަމާއިގެން ނުފޮނުއްވަމެވެ. (ކޮންމެ ބޭކަލަކުވެސް އެބޭކަލެއްގެ رسول ކަން އިއްވަވަނީ އެބޭކަލަކު އެފޮނުއްވުނު ރަށެއްގެބަޔަކު ވާހަކަ ދައްކާ ބަހުންނެވެ.) އެއީ އެބޭކަލަކު އެ قوم ގެ މީހުންނަށް ބަޔާންކޮށްދެއްވުމަށެވެ. ދެން އަދި އެބައިމީހުން ރަނގަޅަށް ވިސްނާ ހެދުމަށެވެ. ދެންފަހެ ﷲ އެ އެދިވޮޑިގަންނަވާއަޅަކު މަގުފުރައްދަވައި އަދި އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ތެދުމަގު ދައްކަވައެވެ. އަދި އެކަލާނގެއީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.

Ibrahim·5
ﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣ
Abu Bakr Ibrahim Ali (Bakurube)

(5) އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ دليل ތަކާއި معجزة ތަކާއިއެކު موسى (عليه السّلام) އެކަލޭގެފާނުންގެ قوم އަށް رسول ކަމާއިގެން ފޮނުއްވީމެވެ. (އަދި އެކަލޭގެފާނަށް އެންގެވީމެވެ.) ކާފަރުކަމާއި جاهل ކަމުގެ އަނދިރިން ކަލޭގެފާނުންގެ أمّة ނެރުއްވާށެވެ! އަދި إيمان ކަމާއި علم ގެ އަލިކަމުގެ ތެރެއަށް އެމީހުން ވައްދަވާށެވެ! އަދި ﷲ ގެ އެކިއެކި واقعة ތަކާއި مصيبة ތައް އެމީހުންނަށް ހަނދާންކޮށްދެއްވާށެވެ! (އިސްވެދިޔަ أمّة ތަކަށް ދިމާވި ކަންތައްތައް އެމީހުންނަށް ކިޔައިދެއްވާށެވެ! ހަމަކަށަވަރުންވެސް އެކަންކަމުގައި ކެތްތެރިވުން ގިނަ އަދި ގިނަގިނައިން شكر ކުރާބަޔަކަށް (ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) ދަލީލުތަކާއި حجّة ތައްވެއެވެ.