hadith book logo
Surah 15Meccan99 Ayahs

Al-Hijr— The Rock

015
Al-Hijr·1
ﭑﭒﭓﭔﭕﭖﭗﭘ
Abu Bakr Ibrahim Ali (Bakurube)

(1) ބައެއް ސޫރަތް ފެށޭތާނގައިވާ الر ފަދަ ވަކިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. އެއީ إلهى ސިއްރުތަކެކެވެ. ދަންނަބޭކަލުން ފައުޅުކޮށްފައިވަނީ خيال ތަކެކެވެ. މިއީ ފޮތުގެ އާޔަތްތަކެވެ. (މިތާ މިވާ ފޮތުގެ މުރާދަކީ قرآن ގެ ކުރިން ބާވައިލައްވާފައިވާ توراة، إنجيل ފަދަ ފޮތްފޮތްކަމުގައި ބައެއް مفسّر ން ވިދާޅުވިއެވެ. އޭގެތެރޭގައި أبوجعفر الطبري ވެއެވެ. އަދި އެއީ ހަމަ ސީދާ قرآن ކަމުގައި ވިދާޅުވާ ބޭކަލުންވެއެވެ. އޭގެތެރޭގައި إلإمام الشوكانى ވެއެވެ.) އަދި މިއީ ތެދުމަގާއި هداية ބަޔާންކޮށްދޭ قرآن އެވެ.

Al-Hijr·2
ﭙﭚﭛﭜﭝﭞﭟﭠ
Abu Bakr Ibrahim Ali (Bakurube)

(2) ކާފަރުވީ މީސްތަކުންވެސް އެމީހުން مسلم ން ކަމުގައި ވުމަށް ލޯބިކުރެއެވެ. • ދަންނައެވެ! قيامة ދުވަހުން - قبلة ގެ أهل ވެރިންނަށް ކުރެވިފައިވާ ބައެއް ކުށުގެ ސަބަބުން ނަރަކައަށް ވެއްދެވީމާ ނަރަކައިގައި ތިބި ކާފަރުން އެމީހުންނާ ދިމާކޮށް إسلام ވުމުން ވީފައިދާއަކީ ކޮބައިތޯ އަހައި ދިމާކުރުމުން ﷲ تعالى އެ إسلام ން ނަރަކައިން ނެރުއްވާ ވަގުތު ކާފަރުންވެސް مسلم ންކަމުގައި ވީނަމަ ރަނގަޅޭ ހިތަށް އަރާނެއެވެ. އިސްވެދިޔަ އާޔަތުން އެ އިޝާރާތްވަނި އެކަމަށެވެ. والله أعلم.

Al-Hijr·3
ﭡﭢﭣﭤﭥﭦﭧﭨﭩ
Abu Bakr Ibrahim Ali (Bakurube)

(3) (އޭ رسول ﷲ އެވެ!) އެ مشرك ންގެމީހުން ކައިބޮއިހަދާ މަޖާނަގައި އަދި އެމީހުންގެ أمّيد ތަކާއި އަދި خيال ތައް ކުރުމަށް ކަލޭގެފާނު އެމީހުން ދޫކޮށްލައްވާށެވެ! ނިކަންހުރެ އެކަމުގެ (ނަތީޖާ) އެމީހުންނަށް އެނގިދާނެއެވެ.

Al-Hijr·4
ﭪﭫﭬﭭﭮﭯﭰﭱﭲ
Abu Bakr Ibrahim Ali (Bakurube)

(4) އަދި ތިމަންރަސްކަލާނގެ ހަލާކު ކުރެއްވި އެއްވެސް أمّة އެއް އެ أمّة އެއް ހަލާކު ކުރެއްވުމަށް ކަނޑައެޅި عَيّن ވެގެންވާ ވަކި ވަގުތެއް ލައްވާފައިމެނުވީ ނުވެއެވެ. (އެބަހީ: ކޮންމެ أمّة އެއް ހަލާކު ކުރެއްވުމަށްވެސް ތިމަންރަސްކަލާނގެ ވަގުތެއް ކަނޑައެޅުއްވީމެވެ.)

Al-Hijr·5
ﭳﭴﭵﭶﭷﭸﭹﭺ
Abu Bakr Ibrahim Ali (Bakurube)

(5) އަދި އެއްވެސް أمّة އެއް އެ أمّة އަކަށް ކަނޑައެޅިފައިވާ ވަގުތަށްވުރެ އިސްނުވެއެވެ. އަދި ފަސްވެސް ނުވެއެވެ.