Al-Israa— The Night Journey
(1) ރޭގަނޑެއްގެ ވަގުތުކޮޅެއްގައި އެކަލާނގެ އަޅާ محمّد ﷺ، مكّة ގައި ހުންނަ مَسْجِدُ اْلحَرَام ން بَيْتُ اْلمَقْدِس ގައި ހުންނަ مَسْجِدُ اْلأَقْصَى އަށް ގެންދެވި ކަލާނގެ ހުސް طاهر ވަންތަކަމާއެވެ! އެ مَسْجِدُ اْلأَقْصَى އަކީ އެތާނގެ ވަށައިގެން ތިމަންރަސްކަލާނގެ بركاة ލައްވާފައިވާ ތަނެކެވެ. (އެއީ މޭވާއާއި ފެނުގެ މުއްސަނދިކަމާއި އަދި نبي ބޭކަލުންނާއި صالح ބޭބޭކަލުން އުޅުއްވި ތަންތަން އެތާވާތަނެކެވެ. ދުނިޔެއާއި آخرة ގެ ހެޔޮއެކުލެވިގެންވާ ތަނެކެވެ.) ދެންފަހެ ތިމަންރަސްކަލާނގެ އަޅާ އެގެންދެވީ ތިމަންރަސްކަލާނގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ ބައެއް دليل އާއި عجائبات އެކަލޭގެފާނަށް ދެއްކެވުމަށެވެ. ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
(2) އަދި ތިމަންރަސްކަލާނގެ موسى عليه السّلام އަށް توراة ދެއްވީމެވެ. އަދި އެފޮތް އެއީ بني إسرائيل ންނަށްވާ ތެދުމަގެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. (އަދި އެމީހުންނަށް އެންގެވީމެވެ.) ތިމަންރަސްކަލާނގެ ފިޔަވައި ކަލޭމެން شريك އަކު އެބަހީ- ކަންކަމުގައި ބަރޯސާކޮށް حوال ކުރާނެ އެހެންފަރާތެއް إختيار ނުކުރާށެވެ!
(3) އޭ نوح عليه السّلام އާއިއެކު ނައުކޮޅުގައި ތިމަންރަސްކަލާނގެ އުފުއްލެވިމީހުންގެ ދަރިންނޭވެ! (އެބަހީ: އެންމެހައި މީސްތަކުންނޭވެ! ކަލޭމެން ﷲ އަށް شكر ކުރާށެވެ!) ހަމަކަށަވަރުން އެކަލޭގެފާނުވެވަޑައިގަންނަވަނީ - އެބަހީ: نوح عليه السّلام ވެވަޑައިގެންނެވީ ގިނަގިނައިން ﷲ އަށް شكر ކުރައްވާ އަޅަކުކަމުގައެވެ.
(4) އަދި موسى عليه السّلام އަށް ބާވައިލެއްވި ފޮތުގައި އެބަހީ: توراة ގައި بني إسرائيل ންގެ މީހުން ބިމުގައި يعني: بيت المقدس ގައި ދެފަހަރެއްގެމަތީ ﷲ އަށް އުރެދި فساد ވެރިކަން އުފައްދާނެކަމަށް ނިޔާކުރައްވައި ނިންމަވާފައިވާނެއެވެ. އަދި ވަރަށްބޮޑަށް (މީސްތަކުންގެމައްޗަށް) ބޮޑާވެ كِبْرُ ވެރިވާނެކަމަށް ނިންމެވީމެވެ. (އެމީހުން أشعياء قتل ކޮށް أرْمِيَاء ހައްޔަރުކޮށް ހެދިކަމުގައިވިއެވެ.)
(5) ދެންފަހެ އެދެފަހަރުންކުރެ ފުރަތަމަފަހަރު އައިހިނދު (އެބަހީ: ފުރަތަމަފަހަރު އެމީހުން އުރެދި ބިމުގައި ފަސާދަކުރިހިނދުން) އެމީހުންގެމައްޗަށް (އެމީހުން ހަލާކުކުރުމަށް) ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން ވަރަށްގަދަފަދަ ބާރުހުރި އަޅަކު ފޮނުއްވީމެވެ. އެމީހުންގެމައްޗަށް ފާކުރެއްވީމެވެ. (އެމީހަކީ بَابِل ކަރައިގެ بُخْتُنَصْرُ އާއި އޭނާގެ لشكر ކަމުގައި ބުނެވުނެވެ. މިއީ ވަރަށް إختلاف ހުރި ވާހަކަތަކެކެވެ. والله أعلم بالصّواب) ދެންފަހެ އެމީހުން އަރައިގަނެ ގޯތިގެދޮރުގެތެރެއަށް ވަދެ މީހުންތައް މަރާ ތަންތަން ހަލާކުކުރިކަމުގައިވިއެވެ. އަދި އެކަމަކީ ހަމަ ކޮންމެހެން ހިނގާނެކަމެއްކަމުގައި وعد ވެވިގެންވީ ކަމެކެވެ.