hadith book logo
Surah 18Meccan110 Ayahs

Al-Kahf— The Cave

018
Al-Kahf·1
ﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧ
Abu Bakr Ibrahim Ali (Bakurube)

(1) އެންމެހައި حمد އާއި ثناء އާއި تعريف އެއް حقّ ވެގެންވަނީ ހަމަ ﷲ އަށެވެ. އެކަލާނގެއީ އެކަލާނގެ އަޅާގެމައްޗަށް (محمّد ﷺ ގެމައްޗަށް) ފޮތް يعني: ކީރިތި قرآن ބާވައިލެއްވި ކަލާނގެއެވެ. އެފޮތުގައި އެކަލާނގެ އެއްވެސް ގުދުކަމެއް ކަތިކަމެއް ނުލައްވައެވެ.

Al-Kahf·2
ﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷ
Abu Bakr Ibrahim Ali (Bakurube)

(2) އެއީ ސީދާވެގެންވާ عدل ވެރި ފޮތެއްގެގޮތުގައެވެ. މީސްތަކުންނަށް ﷲ ގެ حضرة ން އަތުވެދާނޭ ގަދަވެގެންވާ އަވަސް عذاب އަކާ މެދު އެކަލޭގެފާނު މީސްތަކުންނަށް إنذار ކުރެއްވުމަށެވެ. ބިރުގެންނެވުމަށެވެ. އަދި صالح عمل ކުރާ مؤمن ންނަށް (قيامة ދުވަހުން) ރަނގަޅުވެގެންވާ މާތް ދަރުމައެއް ހުރިކަމުގެ އުފާވެރި خبر އެމީހުންނަށް ދެއްވުމަށެވެ. އެއީ ފޮތް ބާވައިލެއްވުމުގެ އެއް مقصد އެވެ.

Al-Kahf·3
ﯸﯹﯺﯻ
Abu Bakr Ibrahim Ali (Bakurube)

(3) އެމީހުން އެދަރުމައިގައި (އެރަނގަޅު އުޖޫރައިގައި) އަބަދާއަބަދު ދެމިތިބޭ ހުއްޓެވެ. ސުވަރުގޭގައެވެ.

Al-Kahf·4
ﯼﯽﯾﯿﰀﰁﰂ
Abu Bakr Ibrahim Ali (Bakurube)

(4) (އަދި އެކަލޭގެފާނަށް އެފޮތް ބާވައިލެއްވީ) ﷲ ދަރިކަލަކު ހިތްޕަވާ إختيار ކުރައްވައިފިޔޭ ބުނާ މީހުންނަށްވެސް އެކަލޭގެފާނު إنذار ކުރައްވައި ބިރުގެންނެވުމަށެވެ.

Page 294
Al-Kahf·5
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣ
Abu Bakr Ibrahim Ali (Bakurube)

(5) އެކަލާނގެއާ މެދު ނުވަތަ އެމީހުން އެހެން ބުނުމާމެދު އެމީހުންނަށްވެސް އެއްވެސް އެނގުމެއްނުވެއެވެ. އަދި އެމީހުންގެ ކާބަފައިންނަށްވެސް އެއްވެސް އެނގުމެއް - علم އެއް ނުވެއެވެ. އެއީ ހަމައެކަނި އެމީހުންގެ އަނގައިން ނުކުންނަ ބޮޑުވެގެންވާ كلمة އެއްކަމުގައި މެނުވީ ނުވެއެވެ. އެމީހުން ބުނަނީ ހަމަ ސީދާދޮގުކަމުގައި މެނުވީ ނުވެއެވެ.