hadith book logo
Surah 20Meccan135 Ayahs

Taa-Haa— Taa-Haa

020
Taa-Haa·1
ﭵﭶ
Abu Bakr Ibrahim Ali (Bakurube)

(1) މި كلمة ގެ މާނައަކީ އޭ ފިރިހެނާއެވެ. މިއީ سُرِيَانِى ބަހުން ކިޔާގޮތެވެ. އަދި نَبْطِى ބަހުންނަމަ އޭ އިންސާނާއެވެ. މި كلمة އިން މުރާދުކުރެވެނީ رسول ﷲ ﷺ އެވެ. ދެން ފަހުން މިއަންނަ އާޔަތް އެގޮތުގެމައްޗަށް دليل ކުރެއެވެ. والله أعلم.

Taa-Haa·2
ﭷﭸﭹﭺﭻﭼ
Abu Bakr Ibrahim Ali (Bakurube)

(2) - (3) ތިމަންރަސްކަލާނގެ ކަލޭގެފާނަށް ނުއުފުލެވޭވަރުގެ تَكْلِيْف އެއް ޖައްސަވާ ބުރަކުރެއްވުމަކަށް ކަލޭގެފާނުންގެމައްޗަށް قرآن ބާވައި ނުލައްވަމެވެ. (އެކަމަކު) قرآن ބާވައިލެއްވީ ބިރުވެތިވާ މީހަކަށްވާ ހަނދާންކޮށްދެއްވުމަކަށެވެ. އޭނާއަށްވާ وعظ نصيحة އާއި عبرة އަކަށެވެ.

Taa-Haa·3
ﭽﭾﭿﮀﮁ

Taa-Haa·4
ﮂﮃﮄﮅﮆﮇﮈ
Abu Bakr Ibrahim Ali (Bakurube)

(4) އެ قرآن އަކީ ބިމާއި އަދި މަތިވެރިވެގެންވާ އުޑުތައް ހެއްދެވި ކަލާނގެ حضرة ންވާ ބާވައިލެއްވުމެކެވެ.

Taa-Haa·5
ﮉﮊﮋﮌﮍ
Abu Bakr Ibrahim Ali (Bakurube)

(5) رحمن ވަންތަ ﷲ عرش އަށް إستواى ވެވޮޑިގެންނަވައިފިއެވެ.