Al-Anbiyaa— The Prophets
(1) މީސްތަކުންނަށް އެމީހުންގެ ހިސާބުބެއްލެވުން ގާތްވެއްޖެއެވެ. (އެބަހީ: ހިސާބުބައްލަވާ قيامة ދުވަސް ގާތްވެއްޖެއެވެ. އެއީ މީސްތަކުން (އެދުވަހާއިމެދު) غافل ވެގެންވާ حال ގައެވެ. އެމީހުންވަނީ ފުރަގަސްދީގެންނެވެ.
(2) (އަދި މީސްތަކުންގެގާތަށް) އެމީހުންގެ ربّ ގެ حضرة ން އެއްވެސް ذِكر އެއް އައިސް (އެބަހީ: قرآن ގެ އެއްވެސް އާޔަތެއް އައިސް) އެމީހުން އެއަހައިފިއްޔާ އެޔާމެދު ކުޅޭކުޅޭ ގޮތެއްގައި މެނުވީ އެމީހުން عمل ނުކުރެއެވެ. (އެބަހީ: އާޔަތެއް ބާވައިލެއްވި ކޮންމެހިނދެއްގައި އެމީހުން އެއާޔަތަކާމެދު ކުޅިވަރުގޮތެއްގައި ހަދައިލައެވެ.)
(3) އެމީހުންގެ ހިތްތައްވަނީ މުޅިން غافل ވެގެންނެވެ. އަދި (އެއާޔަތެއް ދޮގުކުރުމަށް) އެމީހުން ސިއްރު ޖަލްސާކޮށްހަދައެވެ. އެބަހީ: އެ مشرك ން ނުބައިގޮތްތައް ރާވާ ސިއްރު ޖަލްސާ ކުރިއެވެ. އަދި އެމީހުން ބުނެއެވެ. މި رسول އަކީ މިއީ ހަމަ ކަލޭމެންފަދަ آدم ގެ ދަރިއެއްކަމުގައިމެނުވީ ނުވެއެވެ. އެހެންކަމަށްވާއިރު އެކަލޭގެފާނު ގެނަސްގެން އެއުޅޭ އެއްޗަކީ سحر އެކެވެ. ކަލޭމެން ތަންދޮރު އެނގޭ حال އެ سحر އާ ދިމާއަށް ދަނީހެއްޔެވެ؟ އެޔާ تبع ވަނީހެއްޔެވެ؟ (މިއީ މިމީހުން އެއްބަޔަކު އަނެއްބަޔަކަށް ބުނާބުނުމެވެ. އެމީހުން އެބުނަނީ قرآن އަކީ سحر އެއްކަމުގައެވެ.)
(4) އެކަލޭގެފާނު يعني: محمّد ﷺ ވިދާޅުވިއެވެ. ތިމަންކަލޭގެފާނުންގެ ربّ އުޑާއި ބިމުގައިވެސް (ކޮންމެތާކު ކޮންމެބަހަކުން ކޮންމެމީހަކު) ބުނާ ކޮންމެބަހެއްވެސް ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
(5) އަދި ކިޔެއްހެއްޔެވެ؟ އެ مشرك ންގެ މީހުން ބުންޏެވެ. محمّد ގެފާނު އެދައްކަވާ ވާހަކައަކީ އެބަހީ: ކީރިތި قرآن އަކީ - އެއްވެސް އަސްލެއްވަސްލެއްނެތް - تفسير ނުކުރެވޭޒާތުގެ ބޭކާރު ހުވަފެނުގެ ވާހަކަތަކެކެވެ. އަދި ކިއެއްހެއްޔެވެ؟ އޭގެތެރެއިން އަނެއްބަޔަކު ބުނީ އެ قرآن އަކީ އެކަލޭގެފާނު އަމިއްލަފުޅަށް ހައްދަވައިގެން އުޅުއްވާ ދޮގުވާހަކަތަކެކެވެ. އަދި އަނެއްބަޔަކު ބުނީ އަދި ކިއެއްހެއްޔެވެ؟ އެއީ ޅެމެކެވެ. އެކަލޭގެފާނަކީ ޅެންވެރިއެކެވެ. (އަދި މިނޫންވެސް ގޮތްގޮތަށް އެމީހުން ކިޔެވެ...) އަދި އެމީހުން ބުންޏެވެ. އިހުޒަމާނުގެ رَسُول ން ގެންނެވިކަހަލަ معجزة އެއް އެކަލޭގެފާނު އަހުރެމެންނަށް ގެނަސްނުދެއްވީ ކީއްވެގެންބާވައެވެ؟ އެފަދަ معجزة އެއް ގެނެސްދެއްވި ނަމައެވެ. (އެއީ موسى ގެފާނުންގެ އަސާކޮޅު - صالح ގެފާނުންގެ جمل ކޮޅު - އަދި عيسى ގެފާނުން މަރުވިމީހުން ދިރުއްވުންކަހަލަ معجزة އެވެ. ދެންފަހެ މިބައިމީހުންގެ މިބަހުގެ جواب ގައި ﷲ އެ އަންގަވަނީ...)