hadith book logo
Surah 22Medinan78 Ayahs

Al-Hajj— The Pilgrimage

022
Al-Hajj·1
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛ
Abu Bakr Ibrahim Ali (Bakurube)

(1) އޭ މީސްތަކުންނޭވެ! ކަލޭމެން ކަލޭމެންގެ ربّ އަށް ބިރުވެތިވާށެވެ! (އެކަލާނގެއަށް تقوى ވެރިވާށެވެ! އެއީ އެކަލާނގެ އެންގެވި واجب ތައް އަދާކޮށްގެންނާއި حرام ކުރެއްވި ކަންތަކުން ދުރުވެގަނެގެންނެވެ.) ހަމަކަށަވަރުން قيامة ވުމުގެ زَلْزَلة އަކީ (ދުނިޔެ ތެޅިގަނެ ގުޑައިގެންދާ ދިއުމަކީ) ބިރުބޮޑުވެގެންވާ ކަމެކެވެ.

Al-Hajj·2
ﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲ
Abu Bakr Ibrahim Ali (Bakurube)

(2) އެދުވަހުގެ ބިރުވެރިކަން ބޮޑުކަމުން އެދުވަހުން ކޮންމެ ކިރުމަޔަކު ކަލޭގެފާނު ދެކެވަޑައިގަންނަވާނީ އޭނާ ކިރުދޭ ދަރިފުޅުގެ މަތީން ހަނދާންނެތި غافل ވެގެންވާތީއެވެ. (އެއީ އެދުވަހުގެ ބިރުވެރިކަމުގެ ބޮޑުކަމުންނެވެ.) އަދި ބަލިވެއިން ކޮންމެ އަންހެނެއްގެ ބަނޑުގައި އޮތްދަރި (ދުވަސް ހަމަނުވަނިސް) ވެއްޓޭނެއެވެ. އަދި އެދުވަހުން ކަލޭގެފާނު މީސްތަކުން ދެކެވަޑައިގަންނަވާނީ މަސްތުވެގެންވާތީއެވެ. އެކަމަކު އެމީހުން އެވަނީ މަސްތުވެގެންނެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ﷲ ގެ عذاب ގެ ގަދަކަމުން އެމީހުންނަށް ވެފައިވާ ގޮތެވެ. (ބުއްދިތައް މުޅިން ހަމައިން ނެއްޓި ގޮތްހުސްވެފައިވާތީ ހީވާގޮތެވެ.)

Al-Hajj·3
ﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿ
Abu Bakr Ibrahim Ali (Bakurube)

(3) އަދި އެބައިމީހުންނަށް އެއްވެސް އެނގުމެއް علمގެ އަލިކަމެއްނެތި ﷲ އާއިމެދު (އެބަހީ: ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމާއިމެދު) جَدَل ކުރާމީހުން މީސްތަކުންގެތެރޭގައިވެއެވެ. އަދި ނުކިޔަމަންތެރި ކޮންމެ شيطان އަކާއި އެފަދަމީހުން تَبَع ވެއެވެ. (އެބަހީ: ޖަދަލު ކުރުމުގައި شيطانއާގެ ވަސްވާސްތަކާއި އޭނާގެ ބުނުންތަކާއި تَبَع ވެއެވެ.)

Al-Hajj·4
ﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋ
Abu Bakr Ibrahim Ali (Bakurube)

(4) ހަމަކަށަވަރުން އެ شيطان އާ އާއިމެދު ނިޔާކުރެވި ކަނޑައެޅެވިގެންވަނީ ހަމަކަށަވަރުން އެސޮރާ تبع ވެއްޖެ ކޮންމެ މީހަކުވެސް ކަނޑައެޅިގެން އެސޮރު އެމީހަކު މަގުފުރެއްދުމެވެ. އަދި އެސޮރު އެމީހަކަށް މަގުދައްކާނީ ސީދާ އަލިފާނުގެ عذاب އަށް ދިއުމަށެވެ.

Al-Hajj·5
ﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵ
Abu Bakr Ibrahim Ali (Bakurube)

(5) އޭ މީސްތަކުންނޭވެ! محشر އަށް ފޮނުވުމާއިމެދު ކަލޭމެންނަށް ޝައްކެއްވާނަމަ (ކަލޭމެން ނިކަން ކަލޭމެންގެ أصل ހެއްދެވުމަށް ވިސްނާ فكر ކޮށްބަލާށެވެ.) ފަހެ ހަމަކަށަވަރުން ފުރަތަމަ ކަލޭމެންގެ ބައްޕަކަމުގައިވާ آدم عليه السّلام ތިމަންރަސްކަލާނގެ ހެއްދެވީ ވެލީންނެވެ. ދެން ކަލޭމެން ހެއްދެވީ މަނިފޮދުވަރަކުންނެވެ. ދެން އެމަނިފޮދުވަރު (މަންމަގެ رَحِمُ ގައި) ގަނޑުލެއިކޮޅަކަށް ހެއްދެވީމެވެ. ދެން އެގަނޑުލެއިކޮޅު މަސްކޮޅަކަށް ހެއްދެވީމެވެ. އެއީ آدم ގެ ދަރިއެއްގެ صورة ރަނގަޅަށް ފައުޅުވާ ގޮތަށާއި އަދި صورة ފައުޅުނުވާ ގޮތަށެވެ. (އެބަހީ: ބައެއްފަހަރު ފުރިހަމަ އިންސާނަކަށް ނުވެ މައިމީހާގެ رَحِم ން ވެއްޓިދެއެވެ.) އެހުރިހާ ގޮތަކަށް ތިމަންރަސްކަލާނގެ ހައްދަވަނީ ތިމަންރަސްކަލާނގެ قدرة ވަންތަކަމާއި އެއްކައުވަންތަކަން ކަލޭމެންނަށް بيان ކޮށްދެއްވުމަށެވެ. ދެން އެ އިންސާނާ މައިމީހާގެ رَحِمُ ގައި ކަނޑައެޅިގެންވާ މުއްދަތަކަށް ތިމަންރަސްކަލާނގެ قرار ކުރައްވައި ބާއްވަމެވެ. އެއީ ބަލިވެއިނުމުގެ މުއްދަތު ހަމަވާންދެނެވެ. ދެން ކުޑަކުޑަކުއްޖެއްގެ ގޮތުގައި ތިމަންރަސްކަލާނގެ ކަލޭމެން ދުނިޔެއަށް ނެރެމެވެ. ދެން ކަލޭމެން ބޮޑުވަމުންގޮސް ކަލޭމެންގެ ގައިބާރުގަދަވެ ބުއްދި ފުރިހަމަވާ عُمر އަށް ތިމަންރަސްކަލާނގެ ކަލޭމެން ފޮނުއްވަމެވެ. އަދި އޭގެ ކުރިން މަރުވެގެންދާ ބަޔަކުވެސް ކަލޭމެންގެތެރެއިންވެއެވެ. އަދި މުސްކުޅިވެ ލޯބޯކޮށިވެ ވާނުވާ ނޭނގެ ވަރަށް - أَرْذَلُ العمر އެވެ ކިޔާހިސާބަށް ދާންދެން މަރުނުވެ ތިބޭމީހުންވެއެވެ. އެހިސާބަށްދާއިރު ރަނގަޅަށް ތަންދޮރު ނޭނގެއެވެ. އެއީ ކުރީގައި ރަނގަޅަށް ތަންދޮރު އެނގި އޮޅުންފިލައި އުޅުމަށްފަހުގައެވެ. އަދި ބިންގަނޑު ހިކިވެ ހަނަފަސްވެފައިވާތަން ކަލޭގެފާނު ދެކެވަޑައި ގަންނަވާނެއެވެ. ދެންފަހެ އެބިންގަނޑަށް ތިމަންރަސްކަލާނގެ ފެން ވެއްސެވުމުން އެބިންގަނޑު ޙަރަކާތްތެރިވެ ބޮޑުވެ އަދި ފަތްޕިލާވެލީގެ ރީތި އަދި ނަލަ ކޮންމެ ބާވަތެއްގެ ޖޯޑުޖޯޑު އެބިންގަނޑުން ފަޅައެވެ. މިއެވެ. (މިބަޔާންވެދިޔަފަދަ ކަންތައްތައް ހިންގަވާ ކަލަކަށް މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި محشر އަށް ފޮނުއްވުން ދަތިނުވާނޭކަން ކޮންމެ ސަލާމަތް ބުއްދިއަކަށް އެނގެންވާނެކަމަށް ފެނެއެވެ. މާތް ﷲ އަޅަމެން މަގުނުފުރައްދަވައި އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަ ކަމަށް ވިސްނާ فكر ކުރުމުގެ ހެޔޮ توفيق އަޅަމެނަށް ދެއްވާންދޭވެ. آمين)