Surah 23Meccan118 Ayahs
Al-Muminoon— The Believers
023
Al-Muminoon·1
ﭑﭒﭓﭔ
Abu Bakr Ibrahim Ali (Bakurube)
(1) ހަމަކަށަވަރުން مؤمن ން ކާމިޔާބުކޮށްފިއެވެ. ނަސީބުވެރިވެއްޖެއެވެ. އެއީ قيامة ދުވަހުންނެވެ.
Al-Muminoon·2
ﭕﭖﭗﭘﭙﭚ
Abu Bakr Ibrahim Ali (Bakurube)
(2) އެމީހުންނަކީ (އެބަހީ: މިބުނާ ކާމިޔާބު ކުރި مؤمن ންނަކީ) އެމީހުންގެ ނަމާދުގައި ބިރުވެތިވެ މަޑުމޮޅިވާ މީހުންނެވެ.
Al-Muminoon·3
ﭛﭜﭝﭞﭟﭠ
Abu Bakr Ibrahim Ali (Bakurube)
(3) އަދި ކަނޑައެޅިގެން އެމީހުންނަކީ ބޭކާރު / ނުވަތަ بَاطِلُ ކަންކަމުން ނުވަތަ ﷲ އެކަލާނގެ خلق ތަކުންނާއިމެދު ރުހިވޮޑި ނުގަންނަވާ ކަންކަމުން ދުރުވެ އެނބުރިފުރަގަސްދޭމީހުންނެވެ.
Al-Muminoon·4
ﭡﭢﭣﭤﭥ
Abu Bakr Ibrahim Ali (Bakurube)
(4) އަދި ހަމަ އެމީހުންނަކީ އެމީހުންގެ މުދަލުން ޒަކާތްދޭ މީހުންނެވެ.
Al-Muminoon·5
ﭦﭧﭨﭩﭪ
Abu Bakr Ibrahim Ali (Bakurube)
(5) އަދި ހަމަ އެމީހުންނަކީ އެމީހުންގެ ލަދުގުނަވަންތަކަށް ރައްކާތެރިވާ މީހުންނެވެ.