hadith book logo
Surah 24Medinan64 Ayahs

An-Noor— The Light

024
An-Noor·1
ﭑﭒﭓﭔﭕﭖﭗﭘﭙﭚ
Abu Bakr Ibrahim Ali (Bakurube)

(1) މިއީ ތިމަންރަސްކަލާނގެ ބާވައިލެއްވި ސޫރަތެކެވެ. އަދި އެސޫރަތް ތިމަންރަސްކަލާނގެ فرض ކުރެއްވީމެވެ. (އެބަހީ: އެސޫރަތުގައިވާ حكم ތައް ތިމަންރަސްކަލާނގެ فرض ކުރައްވައި بيان ކުރެއްވީމެވެ.) އަދި އެސޫރަތުގައި بيان ވެ ފައުޅުވެގެންވާ دليل ތައް ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ. އެއީ ތިޔަބައިމީހުން وعظ ލިބި نصيحة ލިބިގަތުމަށްޓަކައެވެ.

An-Noor·2
ﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷ
Abu Bakr Ibrahim Ali (Bakurube)

(2) ޒިނޭކުރާ އަންހެންމީހާޔާ ޒިނޭކުރާ ފިރިހެންމީހާޔާ ދެމީހުންކުރެ ކޮންމެ މީހެއްގެ ގައިގައި ކަލޭމެން ސަތޭކަ އެތިފަހަރުން ހަންމުށިޖަހާށެވެ! (ސަތޭކަ އެތިފަހަރުން حدّ ޖަހާށެވެ!) އަދި ﷲ އަށް ކިޔަމަންތެރިވުމުގައި އެދެމީހުންނާއިމެދު ކަލޭމެން އޯގާވެރިވެ رَحْمُ ބަހައްޓައި ނުހަދާށެވެ! (އެބަހީ: އެދެމީހުންނަށް އޯގާވެރިވެ رحم ކޮށްގެން حدّ ނުޖަހައި ނުދޫކުރާށެވެ!) އެއީ ތިޔަބައިމީހުން ﷲ އަށާއި آخرة ދުވަހަށް إيمان ވާކަމުގައިވަންޏާއެވެ. އަދި އެދެމީހުންނަށް عذاب ދިނުމުގައި - (އެބަހީ: އެދެމީހުންގައި حَدُّ ޖަހާއިރު) مؤمن ންކުރެ جماعة އެއް حاضر ވާހުށިކަމެވެ!

An-Noor·3
ﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋ
Abu Bakr Ibrahim Ali (Bakurube)

(3) ޒިނޭކުރާ ފިރިހެނާ ޒިނޭކުރާ އަންހެނަކާ މެނުވީ جماعވާކަށް ނުވަތަ ކާވެނިކުރާކަށް ނުރުހޭނެއެވެ. އަދި ޒިނޭކުރާ އަންހެނާ (ދަންނައެވެ.) އޭނާޔާ ޒިނޭކުރާ ފިރިހެނަކު މެނުވީ جماع ވާކަށް ނުވަތަ ކާވެނިކުރާކަށް ނުރުހޭނެއެވެ. އަދި مؤمن ންގެމައްޗަށް އެކަން حرام ވެގެންވެއެވެ. އެބަހީ: مؤمن ންގެމައްޗަށް ޒިނޭކުރުން حرام ވެގެންވެއެވެ. ނުވަތަ އެފަދަ މީހާއާއި جماع ވުން حرام ވެގެންވެއެވެ. (މިބަސްފުޅުގެ مَقْصَد އަކީ ޒިނޭކުރުމާއި މެދު ބިރުގެންނެވުމާއި މުއުމިނުން އެކަމުން ދުރުވުމަށް ބިރުގެންނެވުމެވެ.)

An-Noor·4
ﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠ
Abu Bakr Ibrahim Ali (Bakurube)

(4) އަދި عِفّة ތެރި މިނިވަން مُسْلِم އަންހެނުންނަށް قَذْفُ ކުރާމީހުން (އެބަހީ: ޒިނޭގެ ތުހުމަތުކުރާ މީހުން) އެމީހުން އެކަމުގެމައްޗަށް ހަތަރުހެކިން ނުގެނައިނަމަ ފަހެ ކަލޭމެން އެމީހާގެ ގައިގައި އަށްޑިހަ އެތިފަހަރުން حدّ ޖަހާށެވެ! (އެއީ ދިވެހިންކިޔާ އަނގަ ޙައްދެވެ.) އަދި އެފަދަމީހުންގެ ކިބައިން ދުވަހަކުވެސް ކަލޭމެން ހެކިބަސް قبول ނުކުރާށެވެ! އަދި އެމީހުން އެއީ ކަނޑައެޅިގެން فَاسِقُ ންނެވެ. ﷲ ގެ ކިޔަމަނުން ނުކުމެގަތް ބައެކެވެ.

An-Noor·5
ﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬ
Abu Bakr Ibrahim Ali (Bakurube)

(5) އެއަށްފަހު (އެބަހީ: ޒިނޭގެ ތުހުމަތު ކުރުމަށްފަހު) توبة ވެ إصْلاَح ކުރިމީހުން މެނުވީއެވެ. އެބަހީ: އެފަދަ މީހުންވެސް توبة ވެ އެމީހުން فَاسِدُ ކުރި ކަންތައް إصلاح ކޮށްފިއްޔާ އެމީހުންގެ ހެކިބަސް قبول ކުރެވޭނެއެވެ. އަދި އެއީ فاسق ންކަމުގައި ނުބެލެވޭނެއެވެ. އަދި އެބައިމީހުންނަށް ﷲ توبة ލައްވައި ފާފަފުއްސެވުން أمّيد ކުރެވެއެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. (މިއީ قَذْفُ ކުރާމީހުންނާއި އެމީހުންގެ حدّ އެވެ. މި حكم ތަކުގައި إختلاف ތައްވެއެވެ.)