hadith book logo
Surah 26Meccan227 Ayahs

Ash-Shu'araa— The Poets

026
Ash-Shu'araa·1
ﭑﭒ
Abu Bakr Ibrahim Ali (Bakurube)

(1) طسم މިއަކުރުތަކަކީ މިބާވަތުގެ އެހެނިހެން އަކުރުތަކެކޭ އެއްފަދައިން އޭގެ މާނަ އަދި އެއިން އެދެވޭ مُرَاد އެއް ހަމައެކަނި ﷲ ގެ ދެނެވޮޑިގަތުމަށްخَاصَّ ވެގެންވާ އަކުރުތަކެކެވެ.

Ash-Shu'araa·2
ﭓﭔﭕﭖﭗ
Abu Bakr Ibrahim Ali (Bakurube)

(2) މިއީ بيَان ކުރައްވާ ފޮތުގެ އާޔަތްތަކެވެ. (އެބަހީ: އެފޮތަށް ވިސްނާ فكر ކޮށް تَدْبِير ކޮށްފި މީހަކަށް މިފޮތަކީ ގަދަކީރިތިވަންތަ ﷲ ގެ حضرة ން ބާވައިލައްވާފައިވާ ފޮތެއްކަން بيان ކޮށްދޭ ފޮތެކެވެ. محمّد ﷺ އަމިއްލަފުޅަށް ގެންނެވި އެއްޗެއް ނޫންކަން އަންގައިދޭ ފޮތެކެވެ.)

Ash-Shu'araa·3
ﭘﭙﭚﭛﭜﭝﭞ
Abu Bakr Ibrahim Ali (Bakurube)

(3) (އޭ رسول ﷲ އެވެ.) އެ مشرك ންގެމީހުން إيمان ނުވުމުގެ ސަބަބުން އެކަމާމެދު ދެރަފުޅުވެގެން ކަލޭގެފާނުންގެ نفس ފުޅު ހަލާކުކުރައްވާކަހަލައެވެ. (އެކަމާ ދެރަފުޅުނުވާށެވެ. ކަލޭގެފާނުންގެ واجب އަކީ އިއްވައިދެއްވުމެވެ.)

Ash-Shu'araa·4
ﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪ
Abu Bakr Ibrahim Ali (Bakurube)

(4) ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް އުޑުން معجزة އެއް ބާވައިލެއްވިނަމަ އެމީހުންގެ ކަނދުރާތައް އެއަށް ކިޔަމަންވެ ނިކަމެތިވެއްޖައީހެވެ. ނުވަތަ އެމީހުންކުރެ ބޮޑެތި މީހުން އެ معجزة އަށް ނިކަމެތިވެ ދެރަވެއްޖައީހެވެ. މިބަސްފުޅުގެ މުރާދަކީ ނުރުހިތިބެވެސް އެމީހުން އެ معجزة އަށް ކިޔަމަންވީހެވެ. (ނަމަވެސް އެހެންނުހެއްދެވީ ފައިދާކުރާނެ އީމާންކަމަކީ غَيْبُ ގެކަންކަމަށް إخْتِيَارُ ގައިވާއީމާންކަމަކަށްވާތީއެވެ.)

Ash-Shu'araa·5
ﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶ
Abu Bakr Ibrahim Ali (Bakurube)

(5) އަދި رحمن ވަންތަ ﷲ ގެ حضرة ން ބާވައިލައްވައިގެން އެއްވެސް نصيحة އެއް - އަދި تَنْبِيْه އެއް އަތުވެއްޖެއްޔާ އެމީހުން އެއަށް ފުރަގަސްދީގެންވާބަޔަކު ކަމުގައިވާ މެނުވީ އެމީހުންގާތަށް ނާދެއެވެ. އެބަހީ: ކޮންމެ نصيحة އެއް ކޮންމެ وعظ އެއް އެމީހުންގާތަށް އައިނަމަވެސް އެމީހުން އެއަށް ފުރަގަސްދެއެވެ.