An-Naml— The Ant
(1) طس މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. إبن عبّاس ގެ އަރިހުން ރިވާވެގެންވާގޮތުގައި އެއީ ހުވައެކެވެ. والله أعلم. ހަމަކަށަވަރުން މިއީ قرآن ގެ އާޔަތްތަކެވެ. އަދި بيان ވެގެންވާ ފޮތުގެ އާޔަތްތަކެވެ.
(2) އެއީ مؤمن ންނަށްވާ ތެދުމަގަކާއި އަދި بَشَارة ބަހެކެވެ. އުފާވެރި خبر ތަކެކެވެ.
(3) މިބުނާ مؤمن ންނަކީ އެމީހުން ނަމާދު قائم ކުރާ އަދި ޒަކާތްދޭމީހުންނެވެ. އަދި ކަނޑައެޅިގެން آخرة އަންނާނެކަމަށް އެމީހުން يقين ކުރާ މީހުންނެވެ.
(4) އަދި ހަމަކަށަވަރުން آخرة ދުވަހަށް إيمان ނުވާމީހުން އެދުވަސް ތެދުނުކުރާ މީހުން ދަންނައެވެ. ތިމަންރަސްކަލާނގެ އެމީހުންގެ (އެނުބައި) عمل ތައް އެމީހުންނަށް ޒީނަތްތެރިކޮށްދިނީމެވެ. ފަހެ އެމީހުން އެކަމުގައި ދެފުށުއެޅިއެޅި ތިބެއެވެ. އަނދިރިވެގެންވެއެވެ. ހިތް އަނދިރިވެގެންވެއެވެ.
(5) އެމީހުން ދަންނައެވެ. އެމީހުންނަށް ހުރީ ހަމަ ނުބައި عذاب އެވެ. އަދި ކަނޑައެޅިގެން އެމީހުންނަކީ آخرة ގައި އެންމެބޮޑަށް ގެއްލި ހަލާކުވެގެންވާ މީހުންނެވެ.