hadith book logo
Surah 28Meccan88 Ayahs

Al-Qasas— The Stories

028
Al-Qasas·1
ﮝﮞ
Abu Bakr Ibrahim Ali (Bakurube)

(1) طسم މިއަކުރުތަކަކީ ބައެއް ސޫރަތް ފެށޭތާ ހުންނަ ވަކިއަކުރުފަދަ އަކުރުތަކެކެވެ. މިއަކުރުތަކުން އެދެވޭ މުރާދެއް ދެނެވޮޑިގަތުން خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ.

Al-Qasas·2
ﮟﮠﮡﮢﮣ
Abu Bakr Ibrahim Ali (Bakurube)

(2) މިއީ ބަޔާންވެގެންވާ ފޮތުގެ يعني: ކީރިތި قرآن ގެ އާޔަތްތަކެވެ.

Al-Qasas·3
ﮤﮥﮦﮧﮨﮩﮪﮫﮬﮭ
Abu Bakr Ibrahim Ali (Bakurube)

(3) (އޭ رسول ﷲ އެވެ!) موسى عليه السّلام އާއި އަދި فرعون ގެ خبر ކަލޭގެފާނަށް ތިމަންރަސްކަލާނގެ حقّ ގޮތުގައި ކިޔައިދެމެވެ. (މިފޮތް ތެދުކޮށް إيمان ވާ ބަޔަކަށް އެއީ ތެދެއްކަން އެނގޭނެއެވެ.)

Al-Qasas·4
ﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣ
Abu Bakr Ibrahim Ali (Bakurube)

(4) ހަމަކަށަވަރުން فرعون (مصر ގެ ބިމުގައި) ބޮޑާވެ މަތިވެގެންފިއެވެ. އަދި އެރަށުގެ أهل ވެރިން އެކިއެކި فِرقة ތަކަކަށް ހަދައިލައިފިއެވެ. އަދި އޭގެތެރެއިން އެއް جَماعة އެއްގެމީހުން ނިކަމެތިކޮށްލައި އަޅުވެތިކޮށްލަނީއެވެ. އެއީ بَني إسرائيل އެވެ. އަދި އޭނާ އެމީހުންގެ ފިރިހެންދަރިން މަރައި އަންހެންދަރިން ނުމަރައި ދޫކުރެއެވެ. ހަމަކަށަވަރުން އޭނާވީ ފާސިދުންގެތެރެއިންނެވެ.

Al-Qasas·5
ﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰ
Abu Bakr Ibrahim Ali (Bakurube)

(5) އަދި ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވަނީ ބިމުގައި ދެރަކޮށްލެވި ނިކަމެތިކޮށްލެވިފައިއެވާ މީހުންނަށް އޯގާވަންތަވެ އަދި ދަރުމަވަންތަވެރިވެވޮޑިގަތުމަށެވެ. އެމީހުންނަކީ بَني إسرائيل މީހުންނެވެ. އަދި ތިމަންރަސްކަލާނގެ އެމީހުން އެއީ إمام ންކަމުގައި ލައްވައި (ވެރިންކަމުގައި ލައްވައި) އަދި (فرعون އަށްފަހު) އެމީހުންނަކީ ބިންގަނޑުގެ ވާރުތަވެރިންކަމުގައި ލެއްވުމަށެވެ. (އެއީ مصر ގެ ބިންގަނޑެވެ.)