hadith book logo
Surah 29Meccan69 Ayahs

Al-Ankaboot— The Spider

029
Al-Ankaboot·1
ﮡﮢ
Abu Bakr Ibrahim Ali (Bakurube)

(1) الم މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

Al-Ankaboot·2
ﮣﮤﮥﮦﮧﮨﮩﮪﮫﮬﮭ
Abu Bakr Ibrahim Ali (Bakurube)

(2) ތިމާމެން މިތިބީ إيمان ވެގެންނޭ ބުނީމާ އެމީހުން إمتحان ނުކުރެވި އެމީހުން ދޫކުރައްވާނޭކަމަށް މީސްތަކުން ހީކުރަނީހެއްޔެވެ؟ (އެހެން ނުވާނެއެވެ. إيمان ވެގެންނޭ ބުނި އެންމެންގެ إيمان ކަން ތިމަންރަސްކަލާނގެ ޗެކްކުރައްވާ إمتحان ކުރައްވާ ހުށީމެވެ. ބިރުވެރިކަމާއި ބަލިމަޑުކަންފަދަ ކަންކަން ޖައްސަވައިގެން މީސްތަކުން إمتحان ކުރައްވާހުށީމެވެ.)

Al-Ankaboot·3
ﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛ
Abu Bakr Ibrahim Ali (Bakurube)

(3) އަދި ހަމަކަށަވަރުން މިމީހުންގެކުރިން އިސްވެދިޔަ أمّة ތަކުގެ މީސްތަކުންވެސް ތިމަންރަސްކަލާނގެ إمتحان ކުރެއްވީމެވެ. އަދި އެމީހުންގެތެރެއިން އެމީހުންގެ އެބުނި ބަހުގައި (ތިމާމެން މިތިބީ إيمان ވެގެންނޭ ބުނި ބަހުގައި) ތެދިވެރިވީ ކޮންބައެއްކަމާއި ދޮގުހެދީ ކޮންބައެއްކަންވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. (އަދި ހަމަކަށަވަރުންވެސް ތިމަންރަސްކަލާނގެ އެ ދެނެވޮޑިގަތުން ފައުޅުކުރައްވާހުށީމެވެ.)

Al-Ankaboot·4
ﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧ
Abu Bakr Ibrahim Ali (Bakurube)

(4) އަދި ނުބައިކަންތައްތައް ކުރަމުންދާމީހުން ތިމަންރަސްކަލާނގެއަށް އަތުނުވެ ދެވިދާނެކަމަށް - ތިމަންރަސްކަލާނގެ ނުކުޅައްދައި ލެވިދާނެކަމަށް - އެމީހުން ހީކުރަނީހެއްޔެވެ؟ އެހެންކަމަށް އެމީހުން ނިންމައި حكم ކުރިކަމަށް ވަންޏާ އެމީހުންގެ حكم ގެ ނުބައިކަމާއެވެ!

Al-Ankaboot·5
ﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵ
Abu Bakr Ibrahim Ali (Bakurube)

(5) (قيامة ދުވަހުން) ﷲ އާއި ބައްދަލުވުމަށްއެދޭ މީހާ (ނުވަތަ ބިރުވެތިވާމީހާ) ދަންނައެވެ. ފަހެ ހަމަކަށަވަރުން ﷲ ކަނޑައަޅުއަވާފައިވާ އަޖަލު - (އެބަހީ: މީސްތަކުން މަރުވުމަށްފަހު محشر އަށް ފޮނުއްވުމަށް ކަނޑައަޅުއްވާފައިވާ މުއްދަތު) ކަނޑައެޅިގެން އަންނަހުއްޓެވެ. އެމީހަކު އެކަލާނގެއާއި ބައްދަލުވާހުއްޓެވެ. އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.