hadith book logo
Surah 30Meccan60 Ayahs

Ar-Room— The Romans

030
Ar-Room·1
ﮫﮬ
Abu Bakr Ibrahim Ali (Bakurube)

(1) الم މިއަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ.

Ar-Room·2
ﮭﮮﮯ
Abu Bakr Ibrahim Ali (Bakurube)

(2) رومي ންގެމީހުން ބަލިވެއްޖެއެވެ. (رومي ން ފާރިސީންގެ އަތުން ބަލިވެއްޖެއެވެ.

Ar-Room·3
ﮰﮱﯓﯔﯕﯖﯗﯘﯙ
Abu Bakr Ibrahim Ali (Bakurube)

(3) އެއީ شام ކަރައިގެ ބިމުން فارسى ންގެ ބިމާއި އެންމެގާތުގައެވެ. އަދި އެމީހުން ބަލިވުމަށްފަހު ނިކަންހުރެ ގަދަވާހުއްޓެވެ.

Ar-Room·4
ﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨ
Abu Bakr Ibrahim Ali (Bakurube)

(4) އެއީ ތިންއަހަރާއި ނުވައަހަރާއި ދެމެދުގެ މުއްދަތުގެ ތެރޭގައެވެ. فارسى ން ގަދަވުމުގެ ކުރިންވެސް އަދި އޭގެފަހުންވެސް ކަމުގެ މޫލަވެރިކަންވަނީ ހަމަ ﷲ އަށެވެ. (އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް ކަންތައް ގެންދަވައެވެ.) އަދި އެދުވަހުން އެބަހީ: رومي ން ގަދަވާދުވަހުން - مؤمن ން އުފާކުރާނެއެވެ.

Ar-Room·5
ﯩﯪﯫﯬﯭﯮﯯﯰﯱﯲﯳ
Abu Bakr Ibrahim Ali (Bakurube)

(5) އެމީހުން އުފާކުރާނީ ﷲ ގެ نصر ގެ ސަބަބުންނެވެ. (އެއީ سَمَاوى ފޮތެއްގެ أهل ވެރިބަޔަކަށް نصر ލިބުނީމައެވެ. مؤمن ންނަކީވެސް سَمَاوِي ފޮތުގެ أهل ވެރިންނެވެ. فارسى ންނަކީ އަލިފާނަށް އަޅުކަންކުރާ مشرك ންނެވެ.) ﷲ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް نصر ދެއްވައެވެ. އަދި އެކަލާނގެއީ ގަދަފަދަވަންތަ رحيم ވަންތަ ކަލާނގެއެވެ.