hadith book logo
Surah 35Meccan45 Ayahs

Faatir— The Originator

035
Faatir·1
ﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚ
Abu Bakr Ibrahim Ali (Bakurube)

(1) އެންމެހާ حَمْد އާއި تَعْرِيف އާއި ޘަނާއެއްހުރީ، އިސްވެދިޔަ އެއްވެސް މިސާލަކާ ނުލައި އުޑުތަކާއި ބިން ހެއްދެވި ﷲ އަށެވެ. އެކަލާނގެއީމަލާއިކަތްބޭކަލުން ރަސޫލުން ކަމުގައި ލެއްވި ކަލާނގެއެވެ. (މި އާޔަތު ގައި މަލާއިކަތްބޭކަލުންނެވެ. އޮތްބަސްފުޅުގައި ގިނަ ތަފްސީރު ޢިލްމުވެރިން މުރާދުކުރައްވަނީ جِبْرِيل، مِيْكَائِيل، إِسْرَافِيْل އަދި أزرائِيل އެވެ.) އެބޭބޭކަލުން ލައްވާފައިވަނީ ދެފިޔަފުޅުން ދެފިޔަފުޅުންނާއި ތިންފިޔަފުޅުން ތިންފިޔަފުޅުންނާއި އަދި ހަތަރުފިޔަފުޅުން ހަތަރުފިޔަފުޅުންވާ ބޭކަލުންކަމުގައެވެ. އަދި އެކަލާނގެ އެބޭކަލުން ހެއްދެވުމުގައި އެކަލާނގެ އެދިވޮޑިގެންފިއްޔާ އެޔައްވުރެ ފިޔަފުޅު އިތުރުވެސް ކުރައްވައެވެ. (ދަންނައެވެ. صَحَّ حَدِيث ގައި ވާރިދު ވެގެންވާ ގޮތުން جِبْرِيل عَلَيهِ السَّلام ގެ ހަސަތޭކަ ފިޔަފުޅުވެއެވެ. وَالله أَعْلَم...) ހަމަކަށަވަރުން ﷲ ތަޢާލާ ކޮންމެކަމެއްގެ މައްޗަށްވެސް ކުޅަދުންވަންތަވެވޮޑިގެންވެއެވެ.

Faatir·2
ﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰ
Abu Bakr Ibrahim Ali (Bakurube)

(2) ﷲ މީސްތަކުންނަށް ދެއްވާ ރަޙުމަތެއްއެއީ ވާރޭ ފެނުގެ ރަޙުމަތެއްނަމަވެސް އަދި އެހެންގޮތަކުން އަންނަ ރިޒުޤެއްގެ ރަޙްމަތެއް ނަމަވެސް އަޔަނުދީ ހިފަހައްޓާ މަނާކުރެވޭނެ މީހަކު ނުވެއެވެ. އަދި އެކަލާނގެ ހިފަހައްޓަވައިފި رحمة އެއް އެކަލާނގެ މެނުވީ އެ رحمة އެއް މީސްތަކުންނާ ހަމައަށް ފޯރުކޮށްދެވޭނެ އެކަކުވެސް ނުވެއެވެ. އަދި އެކަލާނެގެއީ عزة ވަންތަ حكمة ވަންތަ ކަލާނގެއެވެ.

Faatir·3
ﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂﰃﰄﰅﰆﰇﰈﰉ
Abu Bakr Ibrahim Ali (Bakurube)

(3) އޭ މީސްތަކުންނޭވެ! ކަލޭމެންގެ މައްޗަށްވާ ﷲ ގެ نعمة ތައް ކަލޭމެން ހަދާންކުރާށެވެ. އުޑުން ވާރޭ ފެން ފޮދެއްގެ نعمة އެއްވިޔަސް އަދި ބިމުން ފަތްޕިލާވެލީގެ نعمة އެއްވިޔަސް ދެއްވާނޭ އެހެން އެއްވެސް خالق އަކު ﷲ ފިޔަވައި ކަލޭމެނަށް ވޭހެއްޔެވެ؟ (އެބަހީ: އެފަދަ ކަމެއް ކޮށްދޭނޭ އެހެން އެއްވެސް ކަލަކު ﷲ މެނުވީ ނުވެއެވެ.) އެކަލާނގެ ފިޔަވައި އަޅުކަން ވެވުން حق އެހެން އިލާހަކުނުވެއެވެ. ފަހެ، حق ފިޔަވައި ކަލޭމެން އެބުރިގެންދާނީ ކޮންފަދައަކުން ހެއްޔެވެ؟

Page 435
Faatir·4
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝ
Abu Bakr Ibrahim Ali (Bakurube)

(4) (އޭ رسول الله އެވެ!) އެމީހުން އެބަހީ: مكة ގެ أهل ވެރިން ކަލޭގެފާނު ދޮގުކުރިނަމަވެސް އެއަކީ އައުކަމެއްނޫނެވެ. އަޖާބު ވާންވީކަމެއްނޫނެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ކުރީގައި ފޮނުއްވުނު رسول ބޭކަލުންވެސް ދޮގުކުރެވުނެވެ. އެބަހީ: އިސްވެދިޔަ أمّة ތަކުގައިތިބި ކާފަރުންގެ މީހުންވެސް އެމީހުން ގާތަށް ފޮނުއްވުނު رسول ބޭކަލުން ދޮގުކުރިއެވެ. އަދި ހުރިހާ ކަމެއް އެނބުރި رجوع ވުންވަނީ ﷲ ގެ حضرة އަށެވެ. (އަޅުތަކުންގެ عمل ތަކަށް އެކަލާނގެ ފުރިހަމަ جزاء ދެއްވާހުއްޓެވެ.)

Faatir·5
ﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮ
Abu Bakr Ibrahim Ali (Bakurube)

(5) އޭ އެންމެހައި މީސްތަކުންނޭވެ. ހަމަކަށަވަރުން ﷲ ގެ ވަޢުދުފުޅު އެއީ ޙައްޤު ތެދުއެއްޗެކެވެ. (އެބަހީ މަރުވުމަށްފަހު محشر އަށް ފޮނުވުމާއި عمل ތަކަށް ހިސާބުބަށްލަވައި جزاء ދެއްވުމާއި ނަރަކައާއި ސުވަރުގެއާއި މިހުރީހަމަحقއެވެ.) حياة ގެ ދަޅަތަކާއި ޒީނަތްތެރިކަމުން ކަލޭމެން ހެއްލުން ތެރިވިޔަނުދޭށެވެ. އަދި ﷲއާއިމެދު شَيْطان އާ ކަލޭމެން ހެއްލުންތެރި ކުރުވިޔަ ނުދޭށެވެ. (އެބަހީ ﷲއީ ފާފަފުއްސަވާ އަދި عَفوء ކުރައްވާ ކަލެކޭ ކަލޭމެން ކުރާ ފާފަތައް އެކަލާނގެ އޯގާވަންތަކަމުން ފުއްސަވާނޭ- މިފަދަ ވަސްވާސްދީ ގިނަ ފާފަ ކަލޭމެން ލައްވައި އެސޮރު ކުރުވިޔަނުދޭށެވެ.)