Surah 36Meccan83 Ayahs
Yaseen— Yaseen
036
Yaseen·1
ﭬﭭ
Abu Bakr Ibrahim Ali (Bakurube)
(1) يس = މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. ބައެއްބޭކަލުން " އޭއިންސާނާއޭ" މިހެން ترجمة ކުރެއްވިއެވެ. އަދި ބައެއްބޭކަލުން އޭ محمد އޭ މިފަދައިން ترجمة ކުރެއްވިއެވެ. والله أعلم.
Yaseen·2
ﭮﭯﭰ
Abu Bakr Ibrahim Ali (Bakurube)
(2) حكمة ގެވެރި އަދި حكم ގަދަވެގެންވާ قُرْآن ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވަމެވެ.
Yaseen·3
ﭱﭲﭳﭴ
Abu Bakr Ibrahim Ali (Bakurube)
(3) އޭ رَسُولُ الله އެވެ!) ހަމަކަށަވަރުން ކަލޭގެފާނުންވަނީ ފޮނުއްވިގެންވާ ރަސޫބޭކަލުންގެ ތެރެއިންނެވެ. (އެބަހީ ކަލޭގެފާނީ ﷲ ފޮނުއްވި ރަސޫލުބޭކަލުންގެތެރެއިންވާ ރަސޫލުބޭކަލެކެވެ.)
Yaseen·4
ﭵﭶﭷﭸ
Abu Bakr Ibrahim Ali (Bakurube)
(4) އަދި ކަލޭގެފާނު ފޮނުއްވިގެންވަނީ ސީދާވެގެންވާ ތެދުމަގާއިގެންނެވެ. އެކަމާއި މެދު އެއްވެސް ޝައްކެއްނެތެވެ.
Yaseen·5
ﭹﭺﭻﭼ
Abu Bakr Ibrahim Ali (Bakurube)
(5) އަދި މި قُرْآن އަކީ عِزَّة ވަންތަ رَحِيْم ވަންތަ ކަލާނގެ حَضْرَة ން ބާވާތްލައްވާ ބާވާތްލެއްވުމެކެވެ.