hadith book logo
Surah 38Meccan88 Ayahs

Saad— The letter Saad

038
Saad·1
ﭑﭒﭓﭔﭕﭖ
Abu Bakr Ibrahim Ali (Bakurube)

(1) ص: މިއަކުރުގެމާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. ذكرގެވެރި ނުވަތަ شرف ވެރި قرآن ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وحي ކުރައްވަމެވެ. (ކަންތައް އޮތީ އެ كافر ން ބުނާގޮތަކަށް ނޫނެވެ.)

Saad·2
ﭗﭘﭙﭚﭛﭜﭝ
Abu Bakr Ibrahim Ali (Bakurube)

(2) އަދި ކިޔެއްހެއްޔެވެ. ކާފަރު ވެއްޖެ މީސްތަކުން އެވަނީ ވަރަށްބޮޑު كبر ވެރިކަމާއި ބޮޑާކަމެއްގައެވެ. އަދި رسول الله ﷺ އާއި مؤمن ންނާއިމެދު خلاف ވެ عداوة ތެރިވުމެއްކަމުގައެވެ.

Saad·3
ﭞﭟﭠﭡﭢﭣﭤﭥﭦﭧﭨ
Abu Bakr Ibrahim Ali (Bakurube)

(3) މި مكة މީހުންގެ ކުރިންތިމަންރަސްކަލާނގެ ހަލާކުކުރެއްވީ ކިތައްކިތައް أمة ހެއްޔެވެ؟ (އެއީ އެ أمة ތަކުގެ މީހުން އެމީހުންގެ رسول ންނަށް އީމާންނުވެގެންނެވެ.) އަދި އެމީހުންނަށް عذاب އައި ވަގުތު އެމީހުން ސަލާމަތަށްގޮވާ دعاء ކޮށް ހެދިއެވެ. އެކަމަކު އެވަގުތު އެއީ ގޮވިޔަސް ސަލާމަތްވާނެ ވަގުތެއްނޫނެވެ.

Saad·4
ﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴ
Abu Bakr Ibrahim Ali (Bakurube)

(4) އަދި އެމީހުން يعني مكة ގެ މީހުން އެ عجائب ވީ އެމީހުންގެ ތެރެއަށް އެމީހުންގެ ތެރެއިން إنذار ކުރައްވާނޭ رسول ބޭކަލަކު ވަޑައިގަނެގެންނެވެ. އަދި ކާފަރުން ބުނީ މިއީ سحر ވެރި ދޮގުވެރިއެއް ކަމުގައެވެ.

Saad·5
ﭵﭶﭷﭸﭹﭺﭻﭼﭽﭾ
Abu Bakr Ibrahim Ali (Bakurube)

(5) އެކަލޭގެފާނު އެހައްދަވަނީ މިހުރިހާ إله ންގެ ބަދަލުގައި އެންމެ إله އެކެވެ. (މިހުރިހާ ކަމެއް އެންމެ إلَهُ އަކަށް ވާނީ ކިހިނަކުން ހެއްޔެވެ؟ ނުވާނެއެވެ.) ހަމަކަށަވަރުން މިއީ ވަރަށް عَجَائِبُ ހުރިކަމެކެވެ.