hadith book logo
Surah 43Meccan89 Ayahs

Az-Zukhruf— Ornaments of gold

043
Az-Zukhruf·1
ﮀﮁ
Abu Bakr Ibrahim Ali (Bakurube)

(1) حم މި އަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

Az-Zukhruf·2
ﮂﮃﮄ
Abu Bakr Ibrahim Ali (Bakurube)

(2) ބަޔާންވެގެންވާ ކީރިތި قرآن ގަންދެއްވައި ﷲ تعالى ހުވައި وحي ކުރައްވައެވެ. (މި ހުވައިގެ جواب އަކީ ހަމަކަށަވަރުން قرآن އަކީ هداية އެކެވެ. މީސްތަކުންނަށް ވާ ތެދުމަގެކެވެ.)

Az-Zukhruf·3
ﮅﮆﮇﮈﮉﮊﮋ
Abu Bakr Ibrahim Ali (Bakurube)

(3) ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެ قرآن ބާވައިލެއްވީ عرب ބަހުންނެވެ. عرب قرآن އެއް ކަމުގައި އެ قرآن ލެއްވީމެވެ. އެއީ ތިޔަބައިމީހުން ވިސްނައި، فكر ކުރުމަށް ޓަކައެވެ.

Az-Zukhruf·4
ﮌﮍﮎﮏﮐﮑﮒﮓ
Abu Bakr Ibrahim Ali (Bakurube)

(4) އަދި ހަމަކަށަވަރުން އެ ފޮތް ވަނީ أصل ފޮތުގައި ލިޔެވިގެންނެވެ. އެބަހީ لوح المحفوظ ގައި ތިމަން ރަސްކަލާނގެ حضرة ގައެވެ. އެ ފޮތަކީ އެ ފޮތުގެ قدر އާއި، މިންވަރު މަތިވެރިވެ އުފުލިގެންވާ، އަދި އެ ފޮތުގެ حكم ތައް ގަދަވެގެންވާ ސީދާ ފޮތެވެ.

Az-Zukhruf·5
ﮔﮕﮖﮗﮘﮙﮚﮛﮜ
Abu Bakr Ibrahim Ali (Bakurube)

(5) (އެންމެހައި ކާފަރުންނާއި، مشرك ންނޭވެ!) ތިޔަބައިމީހުންނީ ނުބައި ކަންތަކުގައި ހައްދު ފަހަނަޅައިގެން ގޮސްފައިވާ ބަޔަކު ކަމުގައި ވީހިނދުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުން އުޅޭނޭ ގޮތަކަށް އުޅުމަށް، މި قرآن ވެސް ބާވައި ނުލައްވައި ހަމަ ބޭކާރުކޮށް ދޫކޮށްލާންވީ ހެއްޔެވެ؟ ދަންނައެވެ. މި އާޔަތުގެ ترجمة އަދި تفسير އެތައް ގޮތަކަށް ލިޔެވިގެން ވެއެވެ. މިތާ ލިޔެފައި މިވަނީ އޭގެ ތެރެއިން އެއް ގޮތެވެ. والله أعلم.