Al-Ahqaf— The Dunes
(1) حم މިއަކުރުތަކުގެމުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ.
(2) މިފޮތްބާވާތްލެއްވުން ވަނީ އެބަހީ މި ކީރިތި قُرْآن ބާވާތްލެއްވުންވަނީ عِزَّة ވަންތަ حِكْمَة ވަންތަ ﷲ ގެ حَضْرَة ންނެވެ.
(3) އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެއްޗާއި ހަމަ ޙައްޤު ގޮތުގައި މެނުވީ އަދި ކަޑައެޅިގެންވާ މުއްދަތަކަށް މެނުވީ ތިމަން ރަސްކަލާނގެ ނުހައްދަވަމެވެ. އަދި ކާފަރުވީ މީސްތަކުންވަނީ އެމީހުންނަށް ބިރުގެންނެވުނު ކަންތަކަށް ފުރަގަސްދީގެންނެވެ. (އެމީހުންނަށް ބިރުގެންނެވުނު ކަންތަކަކީ އީމާން ނުވިނަމަ ބޮޑުވެގެންވާ ޢަޒާބެއް އަތުވެދާނޭ ކަމުގެ ވާހަކައެވެ.)
(4) (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! الله ފިޔަވައި ކަލޭމެން ތިޔަ دُعَاء ކޮށް ގޮވާތަކެއްޗާއިމެދު (ބުދުތަކާއިމެދު) ކަލޭމެން ނިކަން ދެކިބަލާށެވެ. (ޙަބަރުދީބަލާށެވެ!) ބިމުން އެތަކެތި ހެއްދެވި އެއްޗެއް ކަލޭމެން ނިކަން އަހުރެންނަށް ދައްކައިބަލާށެވެ. ނުވަތަ އުޑުތަކުގައި (އުޑުތައް ހެއްދެވުމުގައި) އެތަކެއްޗަށް ބައިވެރިކަމެއްވަނީ ހެއްޔެވެ؟ ކަލޭމެންނަކީ ތެދުވެރިން ކަމުގައި ވަންޏާއި އެކަމުގެމައްޗަށް ދަލީލުކުރާ ފޮތެއް (މި قُرْآن ގެ ކުރީގެ ފޮތްތަކުގެތެރެއިން ނަމަވެސް) ކަލޭމެން އަހުރެންނަށް އެފޮތެއް ގެނެސްދީބަލާށެވެ. ނުވަތަ عِلَمُ ގެތެރެއިން އެއްވެސް އަސަރެއް (ޚަބަރެއް) ގެނެސްދީބަލާށެވެ! (މި قُرْآن ގައި އެވަނީ އެކަލާނގެއަށް އެއްވެސް ޝަރީކަކު ބައިވެރިއަކު ނުވާކަމަށެވެ.)
(5) ޤިޔާމަތް ދުވަހަށް ދާންދެން ވެސް އޭނާއަށް (އޭނާގެ دُعَاء އަށް) އިޖާބަ ނުދޭމީހަކަށް ނުވަތަ އެއްޗަކަށް ﷲ ފިޔަވައި ގޮވާ دُعَاء ކޮށް ހަދާމީހަކަށްވުރެ އަނިޔާވެރިން ބޮޑީ ފަހެ ކާކުހެއްޔެވެ؟ (އެއަށްވުރެބޮޑު އަނިޔާވެރިއަކު ނުވެއެވެ.) އަދި އެތަކެތި ވަނީ އެމީހުން އެގޮވާ ގޮވުމަށް (އޭނާގެ دُعَاء އަށް) غَافِلُ ވެގެން ނެވެ.