Qaaf— The letter Qaaf
(1) ق: މިއަކުރުގެމާނައެއް އަދި މުރާދެއް މޮޅަށްދެނެވޮޑިގެންވަނީ ހަމަ الله އެވެ. މާތްވެގެންވާ މި قُرْآن ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވައެވެ. (ހަމަކަށަވަރުން مُحَمّدُ ގެފާނަކީ އަމާނާތްތެރި ވެގެންވާ ރަސޫލު ބޭކަލެކެވެ. ނުވަތަ ކަލޭމެން މަރުވުމަށްފަހު مَحْشَرُ އަށް ފޮނުވޭނެކަމީ ކަށަވަރުކަމެކެވެ. މިދެގޮތަށް މިހުވައިގެ ޖަވާބު މުފައްސިރުން ބަޔާންކުރައްވައެވެ.)
(2) އަދިކިއެއް ހެއްޔެވެ. އެމީހުން އެބަހީ މައްކާގެ މުޝްރިކުން އެ ޢަޖާއިބުވީ އެމީހުނގެ ގާތަށް އެމީހުންގެތެރެއިން އިންޒާރުކުރައްވާ ބޭކަލަކު ވަޑައިގަތުމުންނެވެ. އެބޭކަލަކީ مُحَمّدُ ގެފާނެވެ. އެކާފަރުންބުނީ އެއީ ބޮޑު ޢަޖާއިބެއްކަމަށެވެ. (އެކަލޭގެފާނު އެދައްކަވާ ވާހަކައެއީ عَجَائِبُ ވާހަކައެކެވެ.)
(3) އަޅެފަހެ އަހުރެމެން މަރުވުމަށްފަހު އަދި އަހުރެމެން ވެއްޔަށްވުމަށްފަހުގައި އަލުން އަހުރެމެން ދިރިގެން އަންނާނެ ހެއްޔެވެ؟ އެއީ ދުރުވެގެންވާ رُجُوعَ ވުމެކެވެ.
(4) ދެންފަހެ ކާފަރުންގެ އެބަހުގެ ޖަވާ الله އެދެއްވަނީ މިފަދައިންނެވެ. ހަމަކަށަވަރުން އެމީހުންގެ ކިބައިން ބިންގަނޑު މަދުކުރާތަކެތި އެބަހީ އެމީހުންގެ ހަށިތަކުން ވީރާނާވެގެންދާވަރާ ފީވެދާވަރު ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ތިމަން ރަސްކަލާނގެ حَضْرَةُ ގައި އެހުރިކަމެއް ނޯޓު ކުރައްވައި ރައްކާތެރި ކުރައްވާފައިވާ ފޮތެއް ވެއެވެ.
(5) އަދި ކިއެއްހެއްޔެވެ؟ އެމީހުންގެ ގާތަށް حَقُّ އައިހިދުން އެމީހުން حَقُّ ދޮގުކުރީ އެވެ. (އެބަހީ އެމީހުންގެ ގާތަށް حَقُّ ކަމުގައިވާ قُرْآن އައިހިދުން އެމީހުން އެއްވެސް ފިކުރެއްބެލުމެއްނެތި ދޮގުކުރީއެވެ.) ފަހެ އެމީހުންވަނީ އެ قُرْآن އާއި މެދު އެކަތި އަނެކެއްޗަށް މައްސުނި ކުރެވިގެންވާ އޮޅުން ބޮޅުމެއްގެ ތެރޭގައެވެ. (އެއްބަޔަކު ބުނީ އެއީ ސިޙުރެއްކަމަށެވެ. އަނެއްބަޔަކުބުނީ އިސްވެދިޔަމީހުންގެ ދޮގުވާހަކަތަކެއްކަމަށެވެ. އަދި އަނެއްބަޔަކުބުނީ އެއީ ކަހާނަތެއްކަމަށެވެ. ދެންމިހެންގޮސް ތަފާތު އެތައްވާހަކައެކެވެ.)