hadith book logo
Surah 51Meccan60 Ayahs

Adh-Dhaariyat— The Winnowing Winds

051
Adh-Dhaariyat·1
ﯤﯥﯦ
Abu Bakr Ibrahim Ali (Bakurube)

(1) ވެއްޔާއި، ހިރަފުހާއި، އެބާވަތުގެ ލުއި ތަކެތި ބުރުއްސައިލާ ވައި ގަންދެއްވައި الله تعالى ހުވައި وحِي ކުރައްވައެވެ.

Adh-Dhaariyat·2
ﯧﯨﯩ
Abu Bakr Ibrahim Ali (Bakurube)

(2) އަދި ފެނުން ބަރުވެގެންވާ ވިލާތައް ގަންދެއްވައި الله تعالى ހުވައި وحِي ކުރައްވައެވެ.

Adh-Dhaariyat·3
ﯪﯫﯬ
Abu Bakr Ibrahim Ali (Bakurube)

(3) އަދި ކަނޑުމަތީގައި ފަސޭހަކަމާއެކު ދުވެފައިދާ ނައުދޯގު (އުޅަނދު) ގަންދެއްވައި الله تعالى ހުވައި وحِي ކުރައްވައެވެ.

Adh-Dhaariyat·4
ﯭﯮﯯ
Abu Bakr Ibrahim Ali (Bakurube)

(4) އަދި އެބޭކަލުންގެ رَبّ ގެ أمر ފުޅަށް رزق އާއި، ވާރެޔާއި، އަދިވެސް ތަކެތި ކަނޑައެޅިފައިވާ ގޮތަކަށް ބައްސަވާ ملائكة ބޭކަލުން ގަންދެއްވައި الله تعالى ހުވައި وحِي ކުރައްވައެވެ.

Adh-Dhaariyat·5
ﯰﯱﯲﯳ
Abu Bakr Ibrahim Ali (Bakurube)

(5) އޭ މީސްތަކުންނޭވެ. ކަލޭމެންނަށް وعد ވެވިގެންވާ ކަންކަމަކީ ހަމަ ތެދު وعد ފުޅު ތަކެކެވެ އެކެވެ. އެބަހީ މަރުވުމަށްފަހު محشر ކުރެއްވުމާއި، عمل ތަކަށް ހިސާބު ބެއްލެވުމާއި، ސުވަރުގެޔާއި، އެތާނގެ نعمة ތަކާއި، ނަރަކައާއި، އެތާނގެ عذاب ތަކާއި، މި ހުރިހާ ކަންކަމަކީ ހަމަ ކަނޑައެޅިގެން ސީދާކޮށް އޭގެ ވަގުތުތަކުގައި ހުންނާނޭ ކަންކަމެވެ. އެއީ ހަމަ ކަނޑައެޅިގެން ތެދު ވާހަކަތަކެވެ.