An-Najm— The Star
(1) ތަރި އުދަރެހުގައި غائب ވެއްޖެއްޔާ އެ ތަރި ގަންދެއްވައި الله تعالى ހުވައި وحِي ކުރައްވައެވެ. (ދަންނައެވެ. النجم މި لفظ ގެ ތަރުޖަމާއަކާމެދު مفسّر ންގެ ބަސް ތަފާތެވެ. އަދި خاصّ ކޮށް قرآن ގައި މި لفظ ގެންނަވާފައިވާ مراد އަކާމެދު إختلاف ތައް އައިސްފައި އެބަ ހުއްޓެވެ. އެތަނުން ބައެއް މާނަ މިތާ ނަކަލުކޮށްލަމެވެ. النجم އަކީ ތަރިއެވެ. އެއިން މުރާދުކުރެވެނީ ކެތި، މި ނަކަތެވެ. ނުވަތަ އެއިން މުރާދުކުރެވެނީ زُهرة ކިޔާ ތަރިއެކެވެ. النجم ގެ އަނެއް މާނައަކީ ގަސްގަނޑު ނުހުންނަ ފަތްޕިލާވެއްޔެވެ. (ވެލުގެ މާނައިގައެވެ.) النجم ގެ މުރާދަކީ މި ސޫރަތުގައި قرآن އެވެ. النجم ގެ މުރާދަކީ މި ސޫރަތުގައި محمّد އެވެ. ދެންފަހެ هوٰى މި لفظ ގެ މާނައަކީ ވެއްޓުމެވެ. ނުވަތަ غائب ވުމެވެ. ނުވަތަ ނިވައިވުމެވެ. ނުވަތަ އޮއްސުމެވެ. މި ހުރިހާ މާނައެއްގައި މި لفظ ތައް ބޭނުންކުރެވިފައި އެބަ ހުއްޓެވެ. ވީމާ އަޅުގަނޑު މިތާ މި ލިޔަނީ އެންމެ ފުރަތަމަ މާނައެވެ. އެއީ: ތަރި ނުވަތަ ކެތި އޮއްސިއްޖެއްޔާ ނުވަތަ غائب ވެއްޖެއްޔާ އެ ކެތި ގަންދެއްވައި الله تعالى ހުވައި وحِي ކުރައްވައެވެ. މިއެވެ.
(2) (މި ހުވައިގެ جواب އަކީ) ކަލޭމެންގެ އެކުވެރިޔާ (އެބަހީ محمّد ﷺ) މަގުފުރެދިވަޑައިގެން ނުވެއެވެ. އަދި އެކަލޭގެފާނު ގެއްލި ހަލާކުވެގެން ނުދެއެވެ. • ނޯޓު: މިތާ محمّد ﷺ އާމެދު قريش ންގެ އެކުވެރިޔާއެވެ. وحِي ކުރެއްވީ އެކަލޭގެފާނު އެންމެ ޅައިރުއްސުރެ ފަށައިގެން نبي ކަމާ ހަމައަށް ދާނދެންވެސް އެމީހުންގެ ތެރޭ މެދުނުކެނޑި އުޅުއްވި ކަމުގައި ވީތީއެވެ. އަދި އެކަލޭގެފާނު މަގުނުފުރެދޭ ކަމާއި، އެކަލޭގެފާނު ގެއްލި ހަލާކުވެގެން ނުވާކަން އެންމެ ބޮޑަށް ދަންނަން ވާނީ އެމީހުންނެވެ. އެއީ އެމީހުންގެ އެކުވެރިޔާއެވެ. އެމީހުންގެ އަމީނެވެ.
(3) އަދި އެކަލޭގެފާނު هوٰى نفس އެދޭ ގޮތަށް ބޭނުންހާ ވާހަކައެއް ނުދައްކަވައެވެ.
(4) އެކަލޭގެފާނުންގެ ބަސްފުޅު އެއީ ހަމަ ބާވައިލެއްވޭ وحِي ކަމުގައި މެނުވީ ނުވެއެވެ.
(5) އެކަލޭގެފާނަށް އެ وحِي އުނގަންނަވައިދެއްވީ ބާރުގަދަވެގެންވާ ކަލޭގެފާނެވެ. އެބަހީ جبريل الأمين އެވެ.