hadith book logo
Surah 54Meccan55 Ayahs

Al-Qamar— The Moon

054
Al-Qamar·1
ﮬﮭﮮﮯﮰ
Abu Bakr Ibrahim Ali (Bakurube)

(1) قيامة ދުވަސް ގާތްވެއްޖެއެވެ. އަދި ހަނދު ފަޅައިގެން ހިނގައްޖެއެވެ. ދަންނައެވެ. قيامة ގާތްވެއްޖެ ކަމުގައި އޮތް ބަސްފުޅުން މުރާދުވެވެނީ محمّد ﷺ ގެ نبي ކަމާއިގެން ފޮނުއްވެވުމުގެ ވަގުތުން ފެށިގެން ދެން އޮތް ވަގުތާއި، އޭގެ ކުރީން ދުނިޔެއިން ވޭތިވެގެން ދިޔަ ވަގުތާ އަޅާ ބަލާއިރު އިސްވެދިޔަ ވަގުތު ގިނަވެފައި، رسول الله ﷺ އެއީ އެންމެ ފަހުގެ نبي އާ ކަމުގައި ވީކަމެވެ. ފަހެ އެކަލޭގެފާނު ފޮނުއްވެވުމުން ދެން قيامة އެ ގާތްވީއެވެ. ހަނދު ފަޅައިގެންދިޔަ މައްސަލައަކީ تاريخ އާއި، سيرة ން صريح ކޮށް ސާބިތުވާ ގޮތުން مكّة ގެ مشرك ން رسول الله ﷺ ގެ އަރިހުން އެކަމަށް އެދުނު ހިނދުން އެކަލޭގެފާނު ހަނދަށް إشارة ކުރެއްވުމުން ﷲ އެ ހަނދު ދެފަޅިކުރައްވައި رسول الله ﷺ ގެ رسول ކަމުގެ މައްޗަށް تائيد ކުރާ معجزة އެއްގެ ގޮތުން ލެއްވި ކަމެވެ. އެ އެ معجزة ކާފަރުންވެސް ދުށްޓެވެ. އަދި إيمان ނުވި މީހުން ބުނީ އެއީ ދެމިގެންވާ سحر އެއް ކަމަށެވެ. އެވާހަކަ ދެވަނަ آية ގައި އެވަނީއެވެ.

Al-Qamar·2
ﮱﯓﯔﯕﯖﯗﯘﯙ
Abu Bakr Ibrahim Ali (Bakurube)

(2) އަދި އެމީހުން ކޮންމެ معجزة އެއް ދުށް ނަމަވެސް އެމީހުން އެއެއްޤަބޫލެއް ނުކުރެއެވެ. އެވެ. އަދި އެމީހުން ބުނަނީ ތިޔައީ ދެމިގެންވާ سحر އެއް ކަމަށެވެ.

Al-Qamar·3
ﯚﯛﯜﯝﯞﯟﯠﯡ
Abu Bakr Ibrahim Ali (Bakurube)

(3) އަދި އެމީހުން (ﷲ ގެ رسول އާ އާއި، އަދި ﷲ ގެ قدرة ތެރިކަމުގެ ތެރެއިން އެމީހުން ދުށް ކަންތައްތައް) ދޮގުކޮށްފި އެވެ. އަދި އެމީހުން تبع ވީ އެމީހުން ގެ އަމިއްލަ އެދުމާއެވެ. އެމީހުންގެ هوٰى نفس އާއެވެ. އަދި ހުރިހާ ކަމެއް ވަނީ قرار ވެގެންނެވެ. (އެބަހީ ހުރިހާ ކަމެއްވެސް އޭގެ نهاية ގައި ވަނީ قرار ވެ ހަމަޖެހި ނިމިފައެވެ. ފަހެ ހެޔޮ ކަންތައް ވަނީ ހެޔޮކަމުގެ أهل ވެރީންނާ ހަމައަށް ނިމި ވެފައެވެ. އަދި ނުބައި ކަންތައް ވަނީ ނުބައިކަމުގެ أهل ވެރީންނާ ހަމައަށް ނިމި قرار ވެފައެވެ.) والله أعلم.

Al-Qamar·4
ﯢﯣﯤﯥﯦﯧﯨﯩ
Abu Bakr Ibrahim Ali (Bakurube)

(4) އަދި އެ خبر ތަކުގައި ބިރުވެރިކަން ހުރި ވާހަކަތަކާއި، خبر ތައް ހަމަކަށަވަރުން އެމީހުން ކައިރިޔަށް އަތުވެއްޖެއެވެ. (އެބަހީ مكّة ގެ مشرك ން ގާތަށް ނުވަތަ عامّ ކޮށް އެންމެހައި ކާފަރުން ގާތަށް އިސްވެދިޔަ أمّة ތަކުގެ ވާހަކަތަކުގެ ތެރެއިން ބިރުވެރިކަން ހުރި ވާހަކަތައް މި قرآن ން އައިސްފައި ވާނެއެވެ. މި މީހުން އެއިން عبرة حاصل ކުރުން ހުއްޓެވެ.)

Al-Qamar·5
ﯪﯫﯬﯭﯮﯯﯰ
Abu Bakr Ibrahim Ali (Bakurube)

(5) އެއީ، އެބަހީ قرآن އަކީ އޭގެ بلاغة ތެރިކަމާއި، ފުރިހަމަކަން އޭގެ نهاية އަށް ގޮސްފައިވާ ފޮތެކެވެ. ފަހެ (އެކަމަކު) إنذار އަކުން ފައިދާއެއް ނުކުރިއެވެ. (އެބަހީ އިސްވެދިޔަ قوم ތަކަށް ވަޑައިގެންނެވި نبي ބޭކަލުންނާއި، رسول ބޭކަލުން އެ قوم ތަކަށް އެ ކުރެއްވި إنذار ން އެ قوم ތަކަކަށް އެއްވެސް ކަމެއް ނުފުދުނެވެ.)