hadith book logo
Surah 56Meccan96 Ayahs

Al-Waaqia— The Inevitable

056
Al-Waaqia·1
ﮍﮎﮏﮐ
Abu Bakr Ibrahim Ali (Bakurube)

(1) قِيَامَة ޤާއިމު ވެއްޖެއްޔާ.

Al-Waaqia·2
ﮑﮒﮓﮔ
Abu Bakr Ibrahim Ali (Bakurube)

(2) (ދެންއޭރުން) އެ قِيَامَة ޤާއިމުވުން ދޮގުކުރާނެ އެއްވެސް ނަފުސެއް ނުވެއެވެ.

Al-Waaqia·3
ﮕﮖﮗ
Abu Bakr Ibrahim Ali (Bakurube)

(3) އެދުވަހުން އެއްބަޔަކު ދެރަވެ ނިމެތިވެގެންވެއެވެ. އަދި އަނެއްބަޔަކު މޮޅުވެ މަތިވެރިވެގެންވެއެވެ. މާތްالله އެދުވަހުން (ނުބައި ނުލަފާމީހުން (ނަރަކަވަންތަވެރިން) ދެރަކުރައްވައި ނިމެތި ކުރައްވާހުއްޓެވެ. އަދި ހެޔޮލަފާ މާތްމީހުން މާތް މާތް الله އެދުވަހުން މާތްކުރައްވައި މަތިވެރިކުރައްވާހުއްޓެވެ.

Al-Waaqia·4
ﮘﮙﮚﮛﮜ
Abu Bakr Ibrahim Ali (Bakurube)

(4) އެދުވަސް އައުމަށްޓަކައި ބިންގަނޑު ގަދަތެޅިގަތުމަކުން ތެޅިގަންނަ ހުއްޓެވެ.

Al-Waaqia·5
ﮝﮞﮟﮠ
Abu Bakr Ibrahim Ali (Bakurube)

(5) އަދި ފަރުބަދަތައް ކުދިކުދިވެ ބުރަބުރައިގެން ހިގައިދާހުއްޓެވެ.