Al-Hadid— The Iron
(1) އުޑުތަކާއި ބިމުގައި ވާހާތަކެތި الله އަށް تَسْبِيْحَ ކިޔައެވެ. އަދި އެކަލާނގެއީ ގަދަފަދަވަންތަވެވޮޑިގެންވާ އަދި حِكْمَة ވަންތަވެވޮޑިގެންވާކަލާނގެއެވެ.
(2) އުޑުތަކާއި ބިމުގައިވާހާތަކެތި އެކަލާނގެއަށް خَاصَّ ވެގެންވެއެވެ. އެކަލާނގެ ތަކެތި ދިރުއްވާ މަރުއްވައެވެ. އަދި ކޮންމެ ކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ.
(3) އެކަލާނގެއީ އެންމެފުރަތަމައެވެ. އެކަލާނގެއަށްވުރެކުރިން އެކައްޗެއްވެސް ނުވެއެވެ. އަދި އެކަލާނގެއީ އެންމެފަހެވެ. އެކަލާނގެއަށްވުރެ ފަހުން އެކައްޗެއްވެސް ނުވާނެއެވެ. އަދި އެއީ ހުރިހާ އެއްޗެއްގެމަތީ ވޮޑިގެންވާ ކަލާނގެއެވެ. (ނުވަތަ ދަލީލުތަކާއި حُحَّة ތަކުން އެކަލާނގެ ވޮޑިގެންވާކަން ފައުޅުވެގެންވާ ކަލާނގެއެވެ. އަދި އެއީ އެންމެ އަޑީގައިވާހާތަކެތިވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. އަދި އެއީ ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.
(4) ހަދުވަހެއްގެތެރޭގައި އުޑުތަކާއި ބިންހެއްދެވީ ހަމައެކަލާނގެއެވެ. ދެންއެކަލާނގެ عَرْشއަށް اسْتَوَىٰ ވެވޮޑިގެންނެވިއެވެ. އެކަލާނގެ ދެނެވޮޑިގެންވެއެވެ. ބިމުގެތެރެއަށްވަންނަހާތަކެއްޗާއި އަދި އެތަނުން ނުކުންނަހާ ތަކެއްޗާއި އަދި އުޑުން ފައިބާ ތަކެއްޗާއި އަދި އެއުޑަށް އަރައިގެންދާހުރިހާތަކެއްޗާއި މިހުރިހާތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ (ދެނެވޮޑިގަތުމާއި ކުޅަދުންވަންތަކަން) ވަނީ ކަލޭމެންވީ ކޮންމެތަނެއްގައި ކަލޭމެންނާއި އެކުގައެވެ. އަދި الله ކަލޭމެން ކުރާހާކަމަކަށް الله ބައްލަވާ ވޮޑިގެންވެއެވެ.
(5) އުޑުތަކާބިމުގެ މުޅި މިލްކު خَاصَّ ވެގެން ވަނީ އެކަލާނގެއަށެވެ. އަދި އެންމެހައި ކަންތައްތައް އެނބުރި އައުންވަނީ ހަމަ ﷲ ގެ حَضْرةُ އަށެވެ.