hadith book logo
Surah 6Meccan165 Ayahs

Al-An'aam— The Cattle

006
Al-An'aam·1
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠ
Abu Bakr Ibrahim Ali (Bakurube)

(1) އެންމެހައި حمد އާއި تعريف އާއި ثناء އެއް خاصّ ވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ އުޑުތަކާއި ބިންހެއްދެވި ކަލާނގެއެވެ. އަދި އަނދިރިކަމާއި އަލިކަން އެކަލާނގެ ލެއްވިއެވެ. (އެއީ ރޭގަނޑުގެ އަނދިރިކަމާއި ދުވާލުގެ އަލިކަން ނުވަތަ ޖާހިލުކަމުގެ އަނދިރިކަމާއި އީމާންކަމުގެ އަލިކަން.) ދެން (މިފަދަ ބޮޑު ކުޅަދުންވަންތަ އެއްކައުވަންތަ ﷲ އަށް) يعني: އެމީހުންގެ رَبّ އަށް ކާފަރުންގެ މީހުން شريك ކޮށް ބައިވެރިކޮށް އެހެނިހެން ފަރަތްތަކާއި ހަމަހަމަކުރަނީއެވެ.

Al-An'aam·2
ﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱ
Abu Bakr Ibrahim Ali (Bakurube)

(2) ކަލޭމެން މަށީން ހެއްދެވީ ހަމަ އެކަލާނގެއެވެ. (އެބަހީ: آدم ގެދަރިންގެ ބައްޕަ آدم عليه السّلام ހެއްދެވުނީ މަށީންނެވެ.) ދެން އެކަލާނގެ މުއްދަތެއް ކަނޑައެޅުއްވިއެވެ. (އެއީ ދުނިޔޭގެ حياة ގެ مدّة އެވެ. އެއީ ހެއްދެވުމަށްފަހު މަރުވަންދެންނެވެ.) އަދި އެކަލާނގެ حضرة ގައި ނަންކިއިގެންވާ مدّة އެއް ނިޔާކުރެއްވިއެވެ. އެއީ آخرة އެވެ. މަރުވުމަށްފަހު قيامة އަށް ފޮނުއްވުމެވެ. ދެންވެސް ކަލޭމެން (އެކަލާނގެ قدرة ތެރިކަމާއިމެދު) ޝައްކުކުރަނީއެވެ.

Al-An'aam·3
ﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿ
Abu Bakr Ibrahim Ali (Bakurube)

(3) އަދި ﷲ އެއީ އުޑުތަކާއި އަދި ބިމުގެ مَعْيُود އެވެ. އަދި އެތަންތާނގެ مالك އެވެ. ވެރިޔާއެވެ. ކަލޭމެންގެ ސިއްރާއި ފައުޅު އެކަލާނގެ ދެނެވޮޑިގަންނަވައެވެ. (ސިއްރުން ދައްކާ ވާހަކައާއި ކުރާކަންތައްތައް އަދި ފައުޅުކޮށް އަޑުހަރުކޮށް ދައްކާ ވާހަކަތަކާއި ކަންތައްތައް އެކަލާނގެ ދެނެވޮޑިގަންނަވައެވެ.) އަދި ކަލޭމެންކުރާހާކަމެއް އެކަލާނގެ ދެނެވޮޑިގަންނަވައެވެ.

Al-An'aam·4
ﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋ
Abu Bakr Ibrahim Ali (Bakurube)

(4) އަދި އެމީހުންގާތަށް (އެބަހީ: ކާފަރުންގެ ގާތަށް އެމީހުންގެ رَبُّ ގެ އެއްކައުވަންތަކަމުގެމައްޗަށް دليل ކުރާ އަދި محمّد ﷺ ގެ ނަބީކަމުގެމައްޗަށް دليل ކުރާ) دليل ތަކުގެތެރެއިން އެއްވެސް دليل އެއް، حجّة އެއް އަތުވެއްޖެއްޔާ އެމީހުން އެޔާ ފުރަގަސްދީ ގެން މެނުވީ ނުވެއެވެ. (އެބަހީ: އެއިން އެއްވެސް دليل އެއް قبول އެއް ނުކުރެއެވެ.)

Al-An'aam·5
ﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙ
Abu Bakr Ibrahim Ali (Bakurube)

(5) އަދި ހަމަކަށަވަރުން އެމީހުންގެގާތަށް حقُّ އައިހިނދުން (އެބަހީ: قرآن އައިހިނދުން ނުވަތަ محمّد ﷺ ވަޑައިގެންނެވިހިނދުން) އެމީހުން އެ حقُّ ދޮގުކޮށްފިއެވެ. އެމީހުން އެ އެއްޗަކަށް އެމަލާމާތްކުރާ ކަންތަކުގެ خبر ނިކަންހުރެ އެމީހުންގާތަށް އަންނަހުއްޓެވެ.