hadith book logo
Surah 62Medinan11 Ayahs

Al-Jumu'a— Friday

062
Al-Jumu'a·1
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝ
Abu Bakr Ibrahim Ali (Bakurube)

(1) އުޑުތަކާއި، ބިމުގައި ވާހައި ތަކެތި ﷲ އަށް تَسْبِيح ކިޔައެވެ. ﷲ ހުސް طاهِر ވަންތަ ކުރެއެވެ. (ދުލުން ބުނެވޭ ތަކެތި ދުލުންނެވެ. ދުލުން ނުބުނެވޭ ތަކެތި އަދި އެހެން ގޮތަކުންނެވެ. حال ގެ ދުލުންނެވެ. އިންސާނުންނަކަށް އެ ތަކެތީގެ تَسْبِيح ނުވިސްނޭނެއެވެ. އެއްވެސް އެއްޗެއް ﷲ އަށް تَسْبِيح ކިޔާ ކަމުގައި މެނުވީ ނުވެއެވެ. އެކަމަކު އިންސާނުންނަކަށް އެ تَسْبِيح ނުވިސްނޭނެއެވެ: (وَإِن مِّن شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَـٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ الآية - بَنِيْ إِسْرَائِيْل ٤٤) ﷲ އީ އެންމެހައި ތަކެތީގެ ވެރި ކަލާނގެއެވެ. އަދި އެންމެހައި عَيْب އަކުން ދުރުވެ ހުސް طاهِر ވެގެންވާ ކަލާނގެއެވެ. އެއީ عِزَّة ވަންތަ، حَكِيم ވަންތަ ކަލާނގެއެވެ.

Al-Jumu'a·2
ﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳ
Abu Bakr Ibrahim Ali (Bakurube)

(2) އެކަލާނގެއީ ލިޔެކިޔާން ނުދަންނަ أُمِّيّ މީހުންގެ ތެރެއަށް ހަމަ އެމީހުންގެ ތެރެއިން (އެބަހީ أُمِّيّ އިން) މީހަކު رَسُوْل ކަމާއިގެން ފޮނުއްވި ކަލާނގެއެވެ. (އެބަހީ سَماوِى އެއްވެސް ފޮތެއްގެ أهْل ވެރި ބަޔަކު ކަމުގައި ނުވާ عَرَبِى ންގެ ތެރެއަށް عَرَبِى ންގެ ތެރެއިން رَسُوْل އަކު ފޮނުއްވި ކަލާނގެއެވެ. އެއީ مُحَمَّدٌ ﷺ އެވެ. އަދި އެހެން ނޫނަސް "أُمِّيّ" މި لَفْظ ގެ މާނައީ ލިޔެކިޔާން ނުދަންނަ މީހާއެވެ. އެ ދުވަސްވަރު عَرَبِى ންގެ މަދު މީހަކަށް ލިޔެކިޔާން އެނގުނަސް، ގިނަ މީހުންނަކީ عَامّ ކޮށް ލިޔެކިޔާން ނުދަންނަ މީހުންނެވެ.) ދެންފަހެ އެ ރަސޫލާ ވަޑައިގަތީ އެބައިމީހުންނަށް އެކަލާނގެ آيَة ތައް ކިޔަވައިދެއްވުމަށާއި، كُفْر އާއި، شِرْك ން އެބައިމީހުން طاهِر ކުރެއްވުމަށާއި ށާއި، އަދި ކީރިތި قُرْآن އާއި، سُنَّة އެބައިމީހުންނަށް އުނގަންނަވައިދެއްވުމަށެވެ. އަދި އޭގެ ކުރީގައި، އެބަހީ رَسُوْل އާ ފޮނުއްވުމުގެ ކުރީގައި، ކަނޑައެޅިގެން بَيان ވެގެންވާ މަގުފުރެދުމެއްގައި އެމީހުން ތިބިނަމަވެސް މެއެވެ.

Al-Jumu'a·3
ﭴﭵﭶﭷﭸﭹﭺﭻﭼﭽ
Abu Bakr Ibrahim Ali (Bakurube)

(3) އަދި އެކަލޭގެފާނު رَسُوْل ކަމާއިގެން ފޮނުއްވެވީ އެހާތަނަށް އެބައިމީހުންގެ ތެރޭގައި ނެތް ބަޔަކަށްވެސް (އެބަހީ އެކަލޭގެފާނުގެ أصْحاب ބޭކަލުންނަށްފަހު قِيامَة އާ ޖެހޭންދެން ދުނިޔެއަށް އަންނާނޭ ބަޔަކަށް) ވެސް رَسُوْل ބޭކަލަކު ކަމުގައެވެ. އަދި އެކަލާނގެއީ عِزَّة ވަންތަ، حَكِيم ވަންތަ ކަލާނގެއެވެ.

Al-Jumu'a·4
ﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉ
Abu Bakr Ibrahim Ali (Bakurube)

(4) އެއީ - އެބަހީ نَبِى ކަމާއި، رَسُوْل ކަމަކީ - ﷲ ގެ فَضْل ވަންތަވެރި ކަމެވެ. އެކަލާނގެ އެދިވޮޑިގެންނެވި ފަރާތަކަށް އެ فَضْل ވަންތަކަން ދެއްވައެވެ. އަދި ﷲ އީ فَضْل ވަންތަކަމުގެ ވެރި، ނުހަނު ހައިބަ ވަންތަކަމުގެވެރި ކަލާނގެއެވެ.

Al-Jumu'a·5
ﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣ
Abu Bakr Ibrahim Ali (Bakurube)

(5) تَوْرَاة އަށް عَمَل ކުރަން ޖެހިފައި ދެން އެ ފޮތުގައިވާ ގޮތަށް عَمَل ނުކުރި މީހުންގެ މިސާލަކީ ބުރިކަށިމަތީގައި ބޮޑެތި ބަރު ފޮތްތަކެއް އުފުލާ حِمار ގެ މިސާލެވެ. (ބުރިކަށިމަތީގައި ވަނީ ފޮތެއް ކަމެއްވެސް ނަޖިހެއްވެސް ކަމެއް އެ حِمار އަށްވެސް ނޭނގެއެވެ.) ﷲ ގެ އާޔަތްތައް ދޮގުކުރި މި މީހުންގެ މިސާލުގެ ނުބައިކަން ވަރަށްވެސް ބޮޑެވެ. އަދި އަނިޔާވެރި ވެއްޖެ ބަޔަކަށް ﷲ ތެދުމަގު ނުދައްކަވާނެއެވެ. (މި އާޔަތުގައި އިޝާރާތްވެގެން މިވާ މީހުންނަކީ يَهُودِي ންނެވެ.)