hadith book logo
Surah 63Medinan11 Ayahs

Al-Munaafiqoon— The Hypocrites

063
Al-Munaafiqoon·1
ﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢ
Abu Bakr Ibrahim Ali (Bakurube)

(1) (އޭ رَسُوْل ﷲ އެވެ!) مُنافِق ންގެ މީހުން ކަލޭގެފާނުގެ مَجْلِس އަށް އަތުވެއްޖެއްޔާ އެމީހުން ބުނާނެއެވެ. "ހަމަކަށަވަރުން ކަލޭގެފާނަކީ ކަނޑައެޅިގެން ﷲ ގެ رَسُوْل އާ ކަމަށް އަހުރެމެން ހެކިވަމެވެ." އަދި ﷲ އެއަންގަވަނީ ހަމަކަށަވަރުން ކަލޭގެފާނީ ﷲ ގެ رَسُوْل އާ ކަން ﷲ ދެނެވޮޑިގެން ވެއެވެ. އަދި ހަމަކަށަވަރުން مُنافِق ން އެ ހަދަނީ ކަނޑައެޅިގެން ދޮގުކަން، އެއީ ދޮގުވެރީން ކަމުގައި ﷲ ހެކިވެވޮޑިގެންވެއެވެ. ދަންނައެވެ. މި އާޔަތުގައި މިވާ مُنافِق ންގެ މުރާދަކީ عَبْدُﷲ بن أُبَيُّ بن سَلُول އާއި، އޭނާގެ އެކުވެރީންނެވެ. رَسُوْل ﷲ ﷺ ގެ މަޖްލިސްއަށް އެމީހުން އައިސް، "ކަލޭގެފާނީ رَسُوْل އާ ކަމަށް އަހުރެމެން ހެކިވަމެވެ." މިހެން ބުނާ ބުނުމަކީ އެމީހުން ދުލުކޮޅުން ބުނާ ބުނުމެއް ކަމުގައި ﷲ ހެކިވެވޮޑިގަންނަވަނީއެވެ. އެއީ مُؤْمِن ންގެ ކަނޑިތަކުން ސަލާމަތްވާން ވެގެން ހަދާ ބޮޑު ރޯ ބުހުތާން ދޮގެވެ. އެމީހުންނަކީ އެތެރެފުށުން އީމާންވެގެންވާ ބައެއް ނޫނެވެ.

Al-Munaafiqoon·2
ﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰ
Abu Bakr Ibrahim Ali (Bakurube)

(2) އެމީހުން އެމީހުންގެ ހުވަޔާއި، ހެކި އެ ލަނީ (مُؤْمِن ންގެ ކަނޑިތަކުން ސަލާމަތްވާ) އައްޑަނައެއް ކަމުގައެވެ. ފަހެ އެގޮތުން އެމީހުން ﷲ ގެ މަގު ބަންދުކުރަނީއެވެ. ހަމަކަށަވަރުން އެމީހުން ކުރަމުން އެ ދާ ކަންތަކަކީ ހާދަހާވެސް ނުބައި ކަންކަމެވެ.

Al-Munaafiqoon·3
ﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝ
Abu Bakr Ibrahim Ali (Bakurube)

(3) އެއީ، އެބަހީ އެމީހުން އެ ދޮގުހަދައި، އަދި ނުބައި عَمَل ތައް ކުރަމުން އެ ދަނީ އެމީހުން ހަމަކަށަވަރުން އީމާންވެ، ދެން ކާފަރުވީ ކަމުގެ ސަބަބުންނެވެ. ދެންފަހެ އެމީހުންގެ ހިތްތަކުގައި ﷲ ސިއްކަޖައްސަވައި، ބަންދުކުރެއްވީއެވެ. އެހެންވީމާ އެމީހުންނަކަށް ނުވިސްނޭނެއެވެ.

Al-Munaafiqoon·4
ﯞ ﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻ
Abu Bakr Ibrahim Ali (Bakurube)

(4) (އަދި އޭ رَسُوْل ﷲ އެވެ!) ކަލޭގެފާނަށް އެމީހުން ފެނިއްޖެއްޔާ އެމީހުންގެ ހަށިތަކުގެ ރީތިކަމުގެ ސަބަބުން ކަލޭގެފާނު عَجائِب ކުރުވާނެއެވެ. އަދި އެމީހުން ވާހަކަދައްކަންޏާ ކަލޭގެފާނު އައްސަވާނެއެވެ. (ކަލޭގެފާނަށް ހީފުޅުވާނީ އެއީ ހަމަ حَقّ ތެދު ވާހަކަ ކަމަށެވެ. ނަމަވެސް އެއީ ހަމަ ދޮގެވެ.) އެމީހުން ކޮންފަދަ ހެއްޔެވެ؟ އެމީހުންނެކޭ ފާރެއްގައި ލައްކޮށްލާފައިވާ ލަކުޑިގަނޑެކޭ ހަމަ އެއްފަދައެވެ. ކޮންމެ އަޑެއް އިވުނަސް އެމީހުންނަށް ހީވާނީ އެއީ ހަމަ އެމީހުންގެ މައްޗަށް އަންނަ އަޑެއް ކަމަށެވެ. (އެއީ އެމީހުންގެ ފިނޑިކަމުންނެވެ.) އެއީ ކަނޑައެޅިގެން عَدُوّ ން ނެވެ. ﷲ އެމީހުން ހަލާކު ކުރައްވާށިއެވެ! لَعْنَة ލައްވާށިއެވެ! އަދި އެމީހުން حَقّ މަގާދުރުވެ، ދޮގުތައް ހަދަނީ ކޮންފަދައަކުން ހެއްޔެވެ؟ ދޮގުހެދޭނީ ކޮންފަދައަކުން ހެއްޔެވެ؟

Page 555
Al-Munaafiqoon·5
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟ
Abu Bakr Ibrahim Ali (Bakurube)

(5)،(6) އަދި "ކަލޭމެންގެ ފާފަ ފުއްސެވުން އެދި دُعَاء ކޮށްދިނުމަށް އެދި ދަންނަވާން رَسُوْل ﷲ ﷺ ގެއަރިހަށް ކަލޭމެން އަންނާށޭ" މިހެން އެ مُنافِق ންނާ ދިމާއަށް ބުނެވިއްޖެއްޔާ އެމީހުންގެ ބޯތައް އަނެއް ފަރާތަށް އަނބުރައިލާނެއެވެ. އަދި "އެމީހުން كِبْر ވެރިވެގެންވާ حال، ފުރަގަސްދޭތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ." ފަހެ އެމީހުންގެ ފާފަފުއްސެވުމަށް ކަލޭގެފާނު دُعاء ކުރެއްވިޔަސް، އަދި ނުވަތަ އެމީހުންނަށް ފާފަފުއްސެވުމަށް دُعاء ނުކުރެއްވިޔަސް ހަމަހަމައެވެ. އެމީހުންނަށް ﷲ ފާފަނުފުއްސަވާ ހުއްޓެވެ. فاسِق ވެ، ނުކިޔަމަންތެރިވެއްޖެ ބަޔަކަށް ހަމަކަށަވަރުން ﷲ ތެދުމަގު ނުދައްކަވައެވެ.