hadith book logo
Surah 64Medinan18 Ayahs

At-Taghaabun— Mutual Disillusion

064
At-Taghaabun·1
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤ
Abu Bakr Ibrahim Ali (Bakurube)

(1) އުޑުތަކާއި ބިމުގައިވާހާ ތަކެތި اللَّهُ އަށް تَسْبِيْح ކިޔައެވެ. އެކަލާ ނގެ ހުސް طَاهِر ވަންތަކުރެއެވެ. އެންމެހާ ތަކެތީގެ مِلْك ވެރިޔަކީ އެކަލާނގެއެވެ. އެކަލާނގެ އެދިވޮޑިގެންނެވި ގޮތަކަށް އެތަކެތީގެ تَصَرُّفُ ހިންގަވައެވެ. އަދި އެންމެހާ حَمْدُ އާއި تَعْرِيْف އެއްހުރީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެ ކޮންމެ ކަމަކަށް ކުޅަދުންވަންތަވެވޮޑިގެންވެއެވެ.

At-Taghaabun·2
ﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱ
Abu Bakr Ibrahim Ali (Bakurube)

(2) (އޭ އެންމެހައި މީސްތަކުންނޭވެ!) ކަލޭމެން ހެއްދެވީ އެކަލާނގެއެވެ. ކަލޭމެންގެ ތެރެއިން ކާފަރުން ވެއެވެ. އަދި مُؤْمِن ންވެސް ކަލޭމެންގެ ތެރެއިން ވެއެވެ. އަދި ކަލޭމެން ކުރާހާ ކަމަކަށް اللَّهُ ބައްލަވާވޮޑިގެންވެއެވެ.

At-Taghaabun·3
ﭲﭳﭴﭵﭶﭷﭸﭹﭺﭻﭼ
Abu Bakr Ibrahim Ali (Bakurube)

(3) އުޑުތަކާއި ބިން އެކަލާނގެ حَقّ ގޮތުގައި ހެއްދެވިއެވެ. އަދި އެކަލާނގެ ކަލޭމެން ސޫރަކުރެއްވިއެވެ. އަދި ކަލޭމެންގެ ސޫރަ ރިވެތި ކުރައްވައި ރަނގަޅު ކުރެއްވިއެވެ. އަދި އެނބުރި ދިޔުންވަނީ އެކަލާނގެ حَضْرَة އަށެވެ.

At-Taghaabun·4
ﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌ
Abu Bakr Ibrahim Ali (Bakurube)

(4) އުޑުތަކާއި ބިމުގައި ވާހާ ތަކެތި އެކަލާ ނގެ ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެން ސިއްރުކުރާ ކަންތަކާއި އަދި ކަލޭމެން ފާޅުކުރާ ކަންތައްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ހިތްތަކުގައި ފޮރުވިފައިވާ ތަކެތިވެސް اللَّهُ ދެނެވޮޑިގެންވެއެވެ.

At-Taghaabun·5
ﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚ
Abu Bakr Ibrahim Ali (Bakurube)

(5) (އޭ މިތިބަ ކާފަރުވެއްޖެ މީސްތަކުންނޭވެ.) މީގެ ކުރިން އިސްވެ ދިޔަ ކާފަރުންގެ خَبَر ތައް ކަލޭމެންގެ ގާތަށް ނާދޭ ހެއްޔެވެ؟ (نُوْح قَوْم ފަދަ عَادُ قَوْم ފަދަ ثَمُوْد قَوْم ފަދަ ކާފަރުވީ قَوْم ތަކުގެ خَبَر ނާދޭ ހެއްޔެވެ؟ އިވިފައި ނުވޭ ހެއްޔެވެ؟) އެމީހުންވެސް އެމީހުން ކުރި ނުބައި ކަންތަކުގެ ސަބަބުން އައި عَذَاب ގެ ރަހަ ލިބި ގަތެވެ. އަދި آخِرَة ގައި އެމީހުންނަށް ހުރީ ވޭންދެނިވި عَذَاب އެވެ