hadith book logo
Surah 67Meccan30 Ayahs

Al-Mulk— The Sovereignty

067
Al-Mulk·1
ﭑﭒﭓﭔﭕﭖﭗﭘﭙﭚ
Abu Bakr Ibrahim Ali (Bakurube)

(1) އެކަލާނގެ އަތްޕުޅުގައި - ނުވަތަ އެކަލާނގެ ބާރުގެދަށުގައި - އެންމެހާ މިލްކެއްވާ ކަލާނގެ ބަރަކާތް ވަންތަ ވެވޮޑިގެންވެއެވެ. ހެޔޮތަށް ގިނަވެގެންވެއެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެން ވާ ކަލާނގެއެވެ.

Al-Mulk·2
ﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧ
Abu Bakr Ibrahim Ali (Bakurube)

(2) އެކަލާނގެއީ މަރުވުމާއި އަދި ދިރުން ހެއްދެވި ކަލާނގެއެވެ. އެބަހީ ދުނިޔޭގައި މަރުވުމަށްފަހު އަލުން آخِرة ދުވަހަށް ދިރުއްވާ ކަލާނގެއެވެ. އެއީ ތިޔަބައިމީހުން އިމްތިޙާނު ކުރުވައި ތިޔަބައި މީހުންކުރެ ޢަމަލު ކުރުމުގައި އެންމެ ރަނގަޅީ ކާކަން އެކަލާނގެ ދެނެވޮޑިގެންވާކަން ހާމަކުރެއްވުމަށެވެ. އެކަން ތަޙްޤީޤު ކުރައްވައިދެއްކެވުމަށްޓަކައެވެ. އަދި އެކަމުގެ ޖަޒާ ދެއްވުމަށެވެ. އަދި އެކަލާނގެއީ ގަދަފަދަ ވަންތަ އަދި ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.

Al-Mulk·3
ﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼ
Abu Bakr Ibrahim Ali (Bakurube)

(3) އެކަލާނގެއީ އެއްއުޑުގެ މަތީ އަނެއް އުޑު ވާނޭ ގޮތުން މަތިމައްޗައް ހަތް އުޑު ހެއްދެވި ކަލާނގެއެވެ. އަދި رَحْمَن ވަންތަކަލާނގެ އުފެއްދެވުމުގައި އެއްވެސް ހަމަނުޖެހުމެއް އުނިކަމެއް އަދިއެއްވެސް ތަފާތު ކަމެއްވާތީ ކަލޭ ނުދެކޭނެއެވެ. އަޅެ ކަލޭގެ ލޯ ރަނގަށް ހިންގައި އެއިން އުޑެއްގައި އެއްވެސް ރެނދެއް އަދި ފެޅުމެއް ފޫވެއްޓުމެއްވޭތޯ ރަނގަޅަށް ބަލައިބަލާށެވެ.

Al-Mulk·4
ﭽﭾﭿﮀﮁﮂﮃﮄﮅﮆﮇ
Abu Bakr Ibrahim Ali (Bakurube)

(4) އަދި ތަކުރާރުކޮށް ދެވަނަ ފަހަރަށްވެސް ލޯހިންގައިބެލީމާވެސް އެއިން ބާކޮޅެއް ރޮނގެއް ނުފެނުމުގެސަބަބުން ކަލޭގެ نَظَرُ ކަލޭގެ ގާތަށް އެނބުރިދާނީ ދެރަވެ ނިކަމެތިވެ ވަރުބަލި ވެގެންވާ ޙާލުގައެވެ. އެބަހީ އެއްވެސް ގޮތަކުން ރޮނގެއް، ބާކޮޅެއް ފޫވެއްޓުމެއް ނުހުންނާނެއެވެ.

Al-Mulk·5
ﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕ
Abu Bakr Ibrahim Ali (Bakurube)

(5) އަދި ހަމަކަށަވަރުން ދުނިޔެއާއި އެންމެގާތުގައިވާއުޑު ބައްތިތަކަކުން ތިމަންރަސްކަލާނގެ ޒީނަތްތެރި ކުރެއްވީމެވެ. އެބަހީ ތަރިތަކުން ޒީނަތްތެރި ކުރެއްވީމެވެ. އެތަރިތަކަކީ އުޑުން ވައްކަންކުރާ شَيْطَان ގައިގާ ޖެހެވޭ އެއްޗެއްކަމުގައިވެސް ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި آخِرة ދުވަހުން އެސޮރުމެންނަށް ގަދަ އަލިފާނުގެ عَذَاب އެއް ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.