hadith book logo
Surah 68Meccan52 Ayahs

Al-Qalam— The Pen

068
Al-Qalam·1
ﮉﮊﮋﮌﮍﮎ
Abu Bakr Ibrahim Ali (Bakurube)

(1) ن: މިއަކުރަކީ ޤުރްއާނުގެ ބައެއް ސޫރަތް ފެށޭ ތަންތާ ހުންނަފަދަ ވަކި އަކުރުތަކުގެތެރެއިންވާ އަކުރެކެވެ. އެ އަކުރުގެ ފުރިހަމަ މުރާދު ދެނެވޮޑިގެންވަނީ ހަމައެކަނި الله އެވެ. ޤަލަމް އާއި ޤަލަމުން ލިއުއްވާ ބޭކަލުން ލިއުއްވާ ތަކެތި ގަންދެއްވައި الله ހުވައި وحي ކުރައްވައެވެ.

Al-Qalam·2
ﮏﮐﮑﮒﮓﮔ
Abu Bakr Ibrahim Ali (Bakurube)

(2) (އޭ ރަސޫލު ﷲ އެވެ!) ކަލޭގެފާނުންގެ رب ދެއްވި ނިޢްމަތުގެ ސަބަބުން ކަލޭގެފާނަކީ މޮޔައަކު ކަމުގައި ނުވެއެވެ. (އެބަހީ ނަބީކަމުގެ ނިޢްމަތާއި އަދި ރިޔާސަތު ކަލޭގެފާނަށް ދެއްވުމުގެ ސަބަބުން ކަލޭގެފާނު މޮޔަބޭކަލަކު ކަމުގައި ނުވެއެވެ. މިއީ މައްކާގެ ކާފަރުން އެކަލޭގެފާނު އެހުރީ وحي ގެ ސަބަބުން މޮޔަވެފައޭ ނުވަތަ ޖިންނި ބަލިޖެހިގެން މޮޔަވެފައޭ ކިޔަންފެށުމުން އޭގެ ރައްދުގައި ބާވައި ލެއްވި ބަސްފުޅެކެވެ. އެކަލޭގެފާނު އެހުންނެވީ މޮޔަވެފައިނޫންކަން އެންމެންނަށް އެންގެވީއެވެ.)

Al-Qalam·3
ﮕﮖﮗﮘﮙﮚ
Abu Bakr Ibrahim Ali (Bakurube)

(3) އަދި ހަމަކަށަވަރުން ކަލޭގެފާނަށް ކެނޑިގެން ނުދާފަދަ ބޮޑު ނިޢްމަތެއްވެއެވެ.

Al-Qalam·4
ﮛﮜﮝﮞﮟ
Abu Bakr Ibrahim Ali (Bakurube)

(4) އަދި ހަމަކަށަވަރުން ކަލޭގެފާނު ވަނީ ކަނޑައެޅިގެން ބޮޑުވެގެންވާ މާތް ޚުލްޤު ފުޅެއްގައެވެ.

Al-Qalam·5
ﮠﮡﮢ
Abu Bakr Ibrahim Ali (Bakurube)

(5)،(6) (އޭ މުޙައްމަދުގެފާނެވެ!) ކަންތައްތައް ރަނގަޅަށް ސާފުކޮށް އެނގޭހިނދުން ދުނިޔޭން މޮޔަވެފައިވަނީ ކާކުކަން އެމީހުންނަށް ރަނގަޅަށް އެނގިދާނެއެވެ. މޮޔަވެފައި ވަނީ އެމީހުންތޯ ނުވަތަ ކަލޭގެފާނުތޯ އެނގިދާނެއެވެ. ނިކަންހުރެ ކަލޭގެފާނު އެތަން ދެކެވަޑައިގަންނަވާނެއެވެ. އަދި އެމީހުންވެސް ނިކަންހުރެ އެތަން ދެކޭނެއެވެ.