hadith book logo
Surah 70Meccan44 Ayahs

Al-Ma'aarij— The Ascending Stairways

070
Al-Ma'aarij·1
ﯕﯖﯗﯘﯙ
Abu Bakr Ibrahim Ali (Bakurube)

(1) ހަމަކޮންމެހެން ނައިސްނުދާނޭ عَذَابُ އެއްގެ އައުން އެދި ސުވާލުކުރާމީހަކު ސުވާލުކޮށްފިއެވެ. ނުވަތަ އެދޭމީހަކު އެދެފިއެވެ. ދަންނައެވެ. އެމީހަކީ النَّضَرُ بْنُ الحَارِث ކަމުގައި ބުނެވުނެވެ. ނުވަތައެއީ أبُو جَهْل ކަމުގައިވެސް ބުނެވުނެވެ. އެމީހަކު އެދުނީ مُحَمَّد ﷺ އެގެންނެވި ދީނަކީ حَقُّ دِيْن އެއްކަމުގައިވާނަމަ އެމީހުންގެމައްޗަށް އުޑުން ހިލަތަކެއްފޭބުމަށެވެ. ނުވަތަ ވޭންދެނިވި عَذَابُ އެއް އައުމަށެވެ. (އެވާހަކައަށް އިޝާރާތްކުރައްވައި الأنْفَالُ ސޫރަތުގައި ބާވާތްލައްވާފައިވެއެވެ.

Al-Ma'aarij·2
ﯚﯛﯜﯝﯞ
Abu Bakr Ibrahim Ali (Bakurube)

(2) (އެމީހުން އެ އެދުނު عَذَابُ އެއީ) ކާފަރުންގެ މައްޗަށް ހަމަކޮންމެހެން އަންނާނެ عَذَابُ އެކެވެ. އަދި عَذَابُ دِفَاع ކުރެވޭނޭ އެކަކުވެސް ނުވެއެވެ.

Al-Ma'aarij·3
ﯟﯠﯡﯢﯣ
Abu Bakr Ibrahim Ali (Bakurube)

(3) އެ عَذَابُ އަންނާނީ ހަރުފަތްތަކުގެވެރި ނުވަތަ ދަރަޖަތަކުގެވެރި ﷲގެ حَضْرَةُ ން ނެވެ.

Al-Ma'aarij·4
ﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯ
Abu Bakr Ibrahim Ali (Bakurube)

(4) މަލާއިކަތްބޭކަލުންނާއި އަދި جِبْرِيْل عَلَيْهِ السلام އެކަލާނގެ حَضْرَةُ އަށް އެދަރަޖަތަކުން ނުވަތަ އެހަރުފަތްތަކުން އަރާވަޑައިގަންނަވައެވެ. އެދުވަހަކީ އެދުވަހުގެ މިންވަރު ފަންސާސްހާސް އަހަރުގެ މުއްދަތުކަމުގައި ކަޑައެޅިގެންވާ ދުވަހެކެވެ. އެއީ ޤިޔާމަތް ދުވަހެވެ.

Al-Ma'aarij·5
ﯰﯱﯲﯳ
Abu Bakr Ibrahim Ali (Bakurube)

(5) ފަހެ (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ރިވެތިގޮތުގައި ކެތްތެރިވެވަޑައިގަންނަވާށެވެ.