hadith book logo
Surah 72Meccan28 Ayahs

Al-Jinn— The Jinn

072
Al-Jinn·1
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞ
Abu Bakr Ibrahim Ali (Bakurube)

(1) (އޭ رَسُول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ޖިންނިންގެޖަމާޢަތެއްގެބަޔަކު (ތިމަންކަލޭގެފާނުޤުރްއާން ކިޔެވިއަޑު) އަހައިފިކަމުގައި ތިމަންކަލޭގެފާނަށް وَحِي އިއްވެވިއްޖެއެވެ. އެބަހީ الله ތިމަންކަލޭގެފާނަށް އަންގަވައިފިއެވެ. އަދިއެމީހުން قُرْآن ގެ އަޑުއަހައިފާ އެމީހުންގެ ޤައުމަށްގޮސް ބުންޏެވެ. އޭއަހުރެމެންގެ ޤައުމުގެމީހުންނޭވެ، ހަމަކަށަވަރުން عَجَائِبُ ވާފަދަ قُرْآن އެއް ނުވަތަ عَجَائِبُ ވާފަދަބަސްތަކެއް އަހުރެމެން އަހައިފީމެވެ.

Al-Jinn·2
ﭟﭠﭡﭢﭣﭤﭥﭦﭧﭨﭩ
Abu Bakr Ibrahim Ali (Bakurube)

(2) އެ قُرْآن މަގުދައްކަނީ ސީދާ ޙައްޤު ތެދުމަގަށެވެ. އެހެންވެ އަހުރެމެން އެ قُرْآن އަށް އީމާންވެއްޖައީމެވެ. (އެއީ ﷲ ގެ حَضْرَةُ ންބާވައިލައްވާފައިވާ ޙައްޤު ފޮތެއްކަމުގައި ތެދުކޮށްފީމެވެ.) އަދި އަހުރެމެން އަހުރެމެންގެ رَبُّ އަށް ހަމަ އެއްގޮތަކަށްވެސް ޝަރީކު ނުކުރާހުށީމެވެ.

Al-Jinn·3
ﭪﭫﭬﭭﭮﭯﭰﭱﭲﭳ
Abu Bakr Ibrahim Ali (Bakurube)

(3) އަދި ހަމަކަށަވަރުން އަހުރެމެންގެ رَبُّ ގެ މާތްކަމާއި އެކަލާނގެ عَظَمَة މަތިވެރިވެ އުފުލިގެންވެއެވެ. އަދި އެކަލާނގެ އެއްވެސް އަނބިކަނބަލަކު ވިޔަސް އަދި ދަރިކަލަކުވިޔަސް ނުހިއްޕަވައެވެ. (އެއިން އެއްވެސް ފަރާތެއް އިޚްތިޔާރު ނުކުރައްވައެވެ. އެއީ އެކަލާނގެއަށް އެއްވެސް شَرِيك އަކުނުވާ އެއްކައުވަންތަކަލާނގެ އެވެ.

Al-Jinn·4
ﭴﭵﭶﭷﭸﭹﭺﭻ
Abu Bakr Ibrahim Ali (Bakurube)

(14) އަދި ހަމަކަށަވަރުން އަހުރެމެންގެތެރޭގައިވާ ބޯ ހަމަނުޖެހޭ ޖާހިލުން الله އާއި މެދު ދޮގު އަދި އަނިޔާވެރި ބަސްތަށް ބުނަނީއެވެ. އެކަލާނގެ އަށް شَرِيك ންތަށް ލަނީއެވެ.

Al-Jinn·5
ﭼﭽﭾﭿﮀﮁﮂﮃﮄﮅﮆ
Abu Bakr Ibrahim Ali (Bakurube)

(5) އަދި ހަމަކަށަވަރުން އަހުރެމެން ހީކުރީ އިންސާނަކުވެސް އަދި ޖިންނިއަކުވެސް ﷲ ގެ މައްޗަށް ދޮގެއްނަހަދާނެކަމަށެވެ.