Surah 74Meccan56 Ayahs
Al-Muddaththir— The Cloaked One
074
Al-Muddaththir·1
ﮬﮭﮮ
Abu Bakr Ibrahim Ali (Bakurube)
(1) އޭ ފޮތި ތަކުން ނިވައިވެގެންވާ ކަލޭގެފާނެވެ. (އޭ محمد ގެފާނެވެ.)
Al-Muddaththir·2
ﮯﮰﮱ
Abu Bakr Ibrahim Ali (Bakurube)
(2) ތެދުވެވަޑައިގެން إنذار ކުރައްވާށެވެ. (مكة ގެ މީހުން إسلام ނުވިނަމަ ހުރި عذاب ގެ ވާހަކައިން އެމީހުން ބިރުގަންނަވައި އިންޒާރުކުރައްވާށެވެ.)
Al-Muddaththir·3
ﯓﯔﯕ
Abu Bakr Ibrahim Ali (Bakurube)
(3) އަދި ކަލޭގެފާނުންގެ ربّ ގެ މާތްކަމާއި كِبْرِيَا ވަންތަކަމާއި ހައިބަވަންތަކަން ދެނެވަޑައިގެން އެކަލާނގެ މާތްކުރައްވާ شرك ން طاهر ވެ ވޮޑިގެންވާކަން ބަޔާންކުރައްވާށެވެ.
Al-Muddaththir·4
ﯖﯗﯘ
Abu Bakr Ibrahim Ali (Bakurube)
(4) އަދި ކަލޭގެފާނުންގެ ފޭރާންކޮޅު ރަނގަޅަށް طاهر ކުރައްވާށެވެ.
Al-Muddaththir·5
ﯙﯚﯛ
Abu Bakr Ibrahim Ali (Bakurube)
(5) އަދި ބުދަށް އަޅުކަން ކުރެއްވުމުން ދުރުވެވަޑައިގަންނަވާށެވެ. ބުދުތަކާ ގާތްވެވަޑައިނުގަންނަވާށެވެ. ނުވަތަ ފާފަތަކާއި މުޅިން ދުރުވެވަޑައިގަންނަވާށެވެ.