An-Naazi'aat— Those who drag forth
(1) ކާފަރުންނާއި ނުބައި ނުލަފާމީހުންގެ ފުރާނަތައް އެމީހުން މަރުވާ ވަގުތު ގަދަފަދަ ކަމާއިއެކު އެމީހުންގެ ހަށިތަކުން ދަމައިގަންނަވާ މަލާއިކަތްބޭކަލުން ގަންދެއްވަވައިﷲ ހުވައި وَحِي ކުރައްވައެވެ.
(2) އަދި ހީވަގިކަމާއި އޯގާވެރިކަމާއި އެކު މުއުމިނުންގެ ފުރާނަތައްއެހަށިތަކުން ވަކި ކުރައްވާ މަލާއިކަތް ބޭކަލުން ގަންދެއްވަވައިﷲ ހުވައި وَحِي ކުރައްވައެވެ.
(3) އަދި ﷲގެ އަމުރުފުޅާއިގެން އުޑުން އަވަސްއަވަހަށް ފައިބާވަޑައިގަންނަވާ މަލާއިކަތްބޭކަލުން ގަންދެއްވަވައި ﷲ ހުވައި وحي ކުރައްވައެވެ.
(4) ފަހެ مؤمن ންގެ ފުރާނަތަކާއިގެން ސުވަރުގެޔަށް އަވަސްވެވަޑައިގަންންނަވާ މަލާއިކަތްބޭކަލުން ގަންދެއްވައި ﷲ ހުވައި وَحِي ކުރައްވައެވެ.
(5) ދުނިޔޭގެ ކަންތައް ތަދުބީރު ކުރެއްވުމާއިގެން ﷲ ގެ حَضْرَة ން ފައިބާ ވަޑައިގަންންނަވާ މަލާއިކަތް ބޭކަލުން ގަނދެއްވައި ﷲ وَحِي ކުރައްވައެވެ. ދަންނައެވެ. މިމުހިއްމު ފަސްފަރާތް ގަންދެއްވައި ﷲ ހުވައި وَحِي ކުރައްވަނީ ހަމަކަށަވަރުން ކަލޭމެން މަރުވުމަށްފަހު އަލުންދިރުއްވައި مَحْشَر ކުރައްވައި ދުނިޔޭގައި ކޮށްފައިވާ ޢަމަލުތަކުގެ ޚަބަރު އަންގަވައި އެއަށްފުރިހަމަ ޖަޒާދެއްވާނެ ކަމަށެވެ. އެއީ ނުވެނުދާނޭކަމެކެވެ. މިއީ އެހުވައިތަކުގެ ޖަވާބެވެ. ވީމާ އެކަންކަން އެގޮތަށް ހިންގަވާނެއެވެ.