hadith book logo
Surah 80Meccan42 Ayahs

Abasa— He frowned

080
Abasa·1
ﭑﭒﭓ
Abu Bakr Ibrahim Ali (Bakurube)

(1) (رسول الله ﷺ) މޫނުފުޅު ހުތުރު ކުރަށްވައި ރުހި ވަޑައި ނުގެން އެނބުރި ވަޑައިގެންފިއެވެ.

Abasa·2
ﭔﭕﭖﭗ
Abu Bakr Ibrahim Ali (Bakurube)

(2) އެއީ އެކަލޭގެ ފާނުންގެ އަރިހަށް އަނދިރި މީހަކު އައިހިނދުންނެވެ. (އެއީ އޭނާއަށްވުރެ ބޮޑެތި ބަޔަކަށް އިސްލާމްދީނަށް ގޮވައި ލައްވައި އެމީހުން އިސްލާމްވުގެ ޝައުޤު ގައި އިންނެވި ވަގުތެއްގައެވެ.) އެކަމާމެދު ﷲ تَعَالى عِتَابُ ގެ ބަސްފުޅު އިއްވަވަނީއެވެ.

Abasa·3
ﭘﭙﭚﭛﭜ
Abu Bakr Ibrahim Ali (Bakurube)

(3) (އޭ رسول الله އެވެ!) އެމީހާ އީމާން ނުވާނެކަމެއް ކަލޭގެފާނަށް އަންގަވައި ދެއްވީ ކޮންއެއްޗެއް ތޯއެވެ؟ އަދި ކިއެއްހެއްޔެވެ؟ އޭނާ އީމާންވެ طَاهِرُ ވެގަތުން އުއްމީދު ކުރެވެއެވެ.

Abasa·4
ﭝﭞﭟﭠﭡ
Abu Bakr Ibrahim Ali (Bakurube)

(4) ނުވަތަ އޭނާ وَعْظُ نَصِيْحَة ކަލޭގެފާނުންގެ އަރިއަރިއަހުން ލިބިގެންފާނެއެވެ. ދެން އެ وَعْظُ نَصِيْحَة ން އޭނާއަށް މަންފާ ކޮށްފާނެއެވެ. (އިސްލާމްވެ މާތް މީހަކަށް ވެދާނެއެވެ.)

Abasa·5
ﭢﭣﭤﭥ
Abu Bakr Ibrahim Ali (Bakurube)

(5) އެކަމަކު ކަލޭގެފާނުންގެ وَعْظُ نَصِيْحَة ނުއަހައި އެއިންފުދިގެންފި މީހާ ދަންނައެވެ. (ބުނެވެނީ އެއީ أَبُو جَهُلُ އާއި އެބާވަތުގެ ދެތިން މީހަކު ކަމަށެވެ.)