hadith book logo
Surah 82Meccan19 Ayahs

Al-Infitaar— The Cleaving

082
Al-Infitaar·1
ﭑﭒﭓﭔ
Abu Bakr Ibrahim Ali (Bakurube)

(1) އުޑު ފަޅަފަޅައިގެން ހިނގައްޖެއްޔާއި (ދަންނައެވެ. މި ސޫރަތުގެ ފުރަތަމަ ހަތަރު އާޔަތުގައި އެ ވާ ހަތަރު ކަންތަކުގެ ޖަވާބު އެ ވަނީ ފަސްވަނަ އާޔަތުގައެވެ.)

Al-Infitaar·2
ﭕﭖﭗﭘ
Abu Bakr Ibrahim Ali (Bakurube)

(2) އަދި ތަރިތައް، އުޑުމަތީން ވަކިވަކިވެގެން ތިރިޔަށް ވެރިއްޖެއްޔާއި،

Al-Infitaar·3
ﭙﭚﭛﭜ
Abu Bakr Ibrahim Ali (Bakurube)

(3) އަދި ކަނޑުތައް އެއްކަނޑު އަނެއް ކަނޑާ އެކުވެ، އެއްވެއްޖެއްޔާއި، (ލޮނުފެނާއި، މީރުފެންވެސް އެކުވެ، އެކައްޗަކަށް ވާނޭ ކަމުގައި ވެއެވެ.)

Al-Infitaar·4
ﭝﭞﭟﭠ
Abu Bakr Ibrahim Ali (Bakurube)

(4) އަދި ބިމުގެ އަޑީގައި ވަޅުލެވިފައި ވާހައި ބަޔަކު ކަށްވަޅުތަކުން ނެރެވިއްޖެއްޔާއި، ދަންނައެވެ. މި ހަތަރު ކަމަކީ قيامة ވުމުގެ ކުރީގައި އެކަމާ ގުޅިފައިވާ ހަތަރު ކަމެވެ.

Al-Infitaar·5
ﭡﭢﭣﭤﭥﭦ
Abu Bakr Ibrahim Ali (Bakurube)

(5) ދެން އެދުވަހުން ކޮންމެ نفس އަކަށްވެސް (ކޮންމެނަފުސަކަށްވެސް) އެ ނަފްސެއް ކޮށްފައިވާ ކަންތައް ރަނގަޅަށް އެނގޭނެއެވެ. (ފަތްތައް ހުންނާނީ ހާމައަށެވެ.)