hadith book logo
Surah 84Meccan25 Ayahs

Al-Inshiqaaq— The Splitting Open

084
Al-Inshiqaaq·1
ﭜﭝﭞﭟ
Abu Bakr Ibrahim Ali (Bakurube)

(1) އުޑު ފަޅަފަޅައިގެންގޮސް ކުދި ކުދި ވެއްޖެއްޔާ، (މިއީ ޤިޔާމަތް ވުމާއި ގުޅިގެންނެވެ. މިޝަރުތުގެ ޖަވާބު ވަނީ حَذف ވެގެންނެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އޭގެ ޖަވާބު އަކީ فَمُلاَقِيَة ކަމަށެވެ. އެބަހީ ޤިޔާމަތް ވެއްޖެއްޔާ އިންސާނާ އޭނާކުރި ޢަމަލު އޭނާޔާ ބައްދަލުވާނެ ކަމަށެވެ. އަދި އެހެން ގޮތްގޮތަށްވެސް ކިއިފައިވެއެވެ.) وَالله أَعْلَمُ

Al-Inshiqaaq·2
ﭠﭡﭢﭣ
Abu Bakr Ibrahim Ali (Bakurube)

(2) އަދި އެ އުޑު އެ އުޑުގެވެރި رَبُّ ގެ އަމުރުފުޅު އަހައި ކިޔަމަންތެރި ވެއްޖެއެވެ. އަދި ކިޔަމަންތެރިވުން އުޑަށް ޙައްޤުވެއްޖެއެވެ.

Al-Inshiqaaq·3
ﭤﭥﭦﭧ
Abu Bakr Ibrahim Ali (Bakurube)

(3) އަދި ބިންގަނޑު ފެތުރި ދެމެވެއްޖެއްޔާ (މި ޝަރުތުގެ ޖަވާބަކީވެސް فَمُلاَقِيَة އެވެ. އެބަހީ ޤިޔާމަތް ވެއްޖެއްޔާ އިންސާނާ ކުރި ޢަމަލު އޭނާއި ބައްދަލުވާނެއެވެ.)

Al-Inshiqaaq·4
ﭨﭩﭪﭫﭬ
Abu Bakr Ibrahim Ali (Bakurube)

(4) އަދި ބިމުގެ ތެރޭގައިވާހާ އެއްޗެއް ނެރެ އެބިން އުކައިލައިފިއްޔާ

Al-Inshiqaaq·5
ﭭﭮﭯﭰ
Abu Bakr Ibrahim Ali (Bakurube)

(5) އަދި އެބިން އެ ބިމުގެވެރި رَبُّ ގެ އަމުރުފުޅު އަހައި ކިޔަމަންތެރި ވެއްޖެއެވެ. އަދި އެކަލާނގެ ބަސްފުޅު އަހައި ކިޔަމަންތެރިވުން އެބިމަށް ޙައްޤު ވެގެންވެއެވެ.