hadith book logo
Surah 87Meccan19 Ayahs

Al-A'laa— The Most High

087
Al-A'laa·1
ﮟﮠﮡﮢﮣ
Abu Bakr Ibrahim Ali (Bakurube)

(1) (އޭ رَسُول الله އެވެ!) ކަލޭގެފާނު ހައްދަވާ ބޮޑުކުރައްވާ އަދި މަތިވެރިވެގެންވާ ކަލާނގެ ނަންފުޅު (އެކަލާނގެ ޒާތުފުޅު) އެކަލާނގެ ޒާތުފުޅާ އެކަށީގެންނުވާ އެންމެހާ ޢައިބާއި އުނިކަމަކުން طَاهر ކުރައްވައި تقديس ކުރަށްވާށެވެ. (އެބަހީ سبحَان ربِّىَ الأَعْلى) މިފައިން ކިޔާށެވެ. ނުވަތަ އެކަލާނގެ ނަންފުޅު ޛިކުރުކޮށް ހަނދާންކުރާއިރު މަޑުމޮޅިވެ خُشُوع ވާށެވެ. އެނަންފުޅަށް އިޙްތިރާމް ކުރާށެވެ. • ދަންނައެވެ. މިއާޔަތް ބާވައިލެއްވުމުން رسول الله ﷺ حديث ކުރެއްވިއެވެ. އެތަން ތިޔަބައިމީހުންގެ ސަޖިދައަށް ލާށެވެ. އެބަހީ ސަޖިދައިގައި سبحَان ربِّىَ الأَعْلى މިހެން ކިޔާށެވެ. = فتح القدير =

Al-A'laa·2
ﮤﮥﮦﮧ
Abu Bakr Ibrahim Ali (Bakurube)

(2) އެކަލާނގެއީ އިންސާނާ ފުރިހަމަކޮށް ސީދާކޮށްހައްދަވައި އޭނާގެވިސްނުންވެސް ބަރާބަރު ކުރެއްވި ކަލާނގެއެވެ. އަދި ޚަލްޤުތަކުން ހައްދަވައި ބަރާބަރު ކުރެއްވި ކަލާނގެއެވެ.

Al-A'laa·3
ﮨﮩﮪﮫ
Abu Bakr Ibrahim Ali (Bakurube)

(3) އަދި އެކަލާނގެއީ އެންމެހައިތަކެތީގެ ޖިންސްތަކާއި ސިފަތަކާއި ވައްތަރުތަކާއި ކަންތައްތަކާއި ބަސްތަކާއި އަދި އެންމެހައި ތަކެތީގެ އަޖަލުވެސް މިންވަރު ކުރަށްވައި އަދި އެންމެހައި ތަކެއްޗަށް އެތަކެތީގެ އަމިއްލަ ބޭނުންތައް ފުއްދުމުގެ މަގުވެސް ދައްކަވައިދެއްވި ކަލާނގެއެވެ.

Al-A'laa·4
ﮬﮭﮮﮯ
Abu Bakr Ibrahim Ali (Bakurube)

(4) އަދި އެކަލާނގެއީ ބިމުން ތަރޯ ތާޒާ ރޯ ވިނަ ނެރުއްވި ކަލާނގެއެވެ.

Al-A'laa·5
ﮰﮱﯓﯔ
Abu Bakr Ibrahim Ali (Bakurube)

(5) ދެން އަދި އެވިނަ ވަޔަށްބުރައިގެންދާފަދަ ލުއިލުއި ކަޅުއެއްޗަކަށް އެކަލާނގެ ލެއްވިއެވެ. އެވިނަ ގިނަދުވަސްވެ ހިކި ކަޅުވެ ވަޔަށް ބުރައިގެންދާފަދައަކުންވެސް ހެއްދެވިއެވެ.