Surah 88Meccan26 Ayahs
Al-Ghaashiya— The Overwhelming
088
Al-Ghaashiya·1
ﭤﭥﭦﭧﭨ
Abu Bakr Ibrahim Ali (Bakurube)
(1) (އޭ رَسُول الله އެވެ!) غَشِيَة އެވެ ކިޔުނު ޤިޔާމަތްދުވަހުގެ ވާހަކަ ހަމަކަށަވަރުން ކަލޭގެފާނުންގެ އަރިހައް އަތުވެއްޖެއެވެ. (ނުވަތަ އެވާހަކަ އަތުވެއްޖެ ތޯއެވެ؟)
Al-Ghaashiya·2
ﭩﭪﭫﭬ
Abu Bakr Ibrahim Ali (Bakurube)
(2) އެދުވަހުން ބައެއް މޫނުތަކުގެ ވެރިންވާނީ ދެރަވެ ފެންކަޅިވެގެންނެވެ. ހިތާމައިގައެވެ.
Al-Ghaashiya·3
ﭭﭮﭯ
Abu Bakr Ibrahim Ali (Bakurube)
(3) އޭނާ އުފުލަމުންދާ ގިނަ ޗޭނުތަކާއި ކަސްތަޅުތަކުގެ މަސައްކަތުގައި ވަރުބަލިވެފައެވެ. (ނުވަތަ އޭނާ ދުނިޔޭގައި ވަރުބަލި ވާންދެން ކުރި މަސައްކަތުގެ އެއްވެސް ހެޔޮކަމެއް ނެތި ފެންކަޅިވެފައެވެ.) އެއީ ނުބައި ނުލަފާ މީހުންނެވެ.
Al-Ghaashiya·4
ﭰﭱﭲﭳ
Abu Bakr Ibrahim Ali (Bakurube)
(4) އޭނާ ހޫނުވެގެންވާ އަލިފާނަކަށް ލެވޭނެއެވެ. އަދި އެޔާއެކު
Al-Ghaashiya·5
ﭴﭵﭶﭷﭸ
Abu Bakr Ibrahim Ali (Bakurube)
(5) ހޫނުކަން ނިހާޔަތަށް ގޮސްފައިވާ އެންމެ ހޫނު ފެނުގެ ކޯރަކުން އޭނާއަށް ބޯންދެވޭނެއްވެ.