Surah 89Meccan30 Ayahs
Al-Fajr— The Dawn
089
Al-Fajr·1
ﭑﭒ
Abu Bakr Ibrahim Ali (Bakurube)
(1) ފަތިސްވަގުތު ގަންދެއްވައި الله ހުވައި وَحيކުރައްވައެވެ.
Al-Fajr·2
ﭓﭔﭕ
Abu Bakr Ibrahim Ali (Bakurube)
(2) حَجُّ މަހުގެފުރަތަމަ ދިހަރޭ ގަންދެއްވައި الله ހުވައި وَحيކުރައްވައެވެ.
Al-Fajr·3
ﭖﭗﭘ
Abu Bakr Ibrahim Ali (Bakurube)
(3) ޖޯޑުޖޯޑަށްވާ ކޮންމެއެއްޗަކާއި އަދި ބިޖޯޑަށްވާކޮންމެއެއްޗަކާއި ގަންދެއްވައި الله ހުވައި وَحيކުރައްވައެވެ
Al-Fajr·4
ﭙﭚﭛﭜ
Abu Bakr Ibrahim Ali (Bakurube)
(4) އަދި ވޭތިވެގެންދާ ރޭގަނޑު ގަންދެއްވައި الله ހުވައި وَحيކުރައްވައެވެ.
Al-Fajr·5
ﭝﭞﭟﭠﭡﭢﭣ
Abu Bakr Ibrahim Ali (Bakurube)
(5) ފަހެ މިކަންކަމުގައި ބުއްދީގެ ވެރިއަކަށް ބޮޑުވެގެންވާ ހުވައެއް ނުވޭބާވައެވެ. (ވާކަން ކަށަވަރެވެ.) • ދަންނައެވެ. މިސޫރަތުގެ ކުރީ ހަތަރު އާޔަތުގަގައި އެވާ ހަތަރު އެއްޗަކާއިމެދު مُفَسِّرُ ންގެ ބަސްތަފާތުވެގެންވެއެވެ. އަޅުގަޑުލިޔެފައި އެވަނީ އެންމެ މަސްހޫރު ހަތަރުމާނައެވެ. وَالله أعلم.