Surah 92Meccan21 Ayahs
Al-Lail— The Night
092
Al-Lail·1
ﮖﮗﮘﮙ
Abu Bakr Ibrahim Ali (Bakurube)
(1) ރޭގަނޑު އަނދިރިވެއްޖެއްޔާ ރޭގަނޑު ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.
Al-Lail·2
ﮚﮛﮜﮝ
Abu Bakr Ibrahim Ali (Bakurube)
(2) ދުވާލު އަލިވެ އުޖާލާ ވެއްޖެއްޔާ ދުވާލުގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ.
Al-Lail·3
ﮞﮟﮠﮡﮢ
Abu Bakr Ibrahim Ali (Bakurube)
(3) އަދި ފިރިހެން އަންހެން ދެޖިންސު ހެއްދެވި ޛާތުފުޅު އެބަހީ ﷲ ގަންދެއްވައި ﷲ ހުވައި ވަޙީ ކުރައްވައެވެ. ނުވަ އަންހެން ފިރިހެން ދެޖިންސު ގަންދެއްވައިﷲ ހުވައި ވަޙީ ކުރައްވައެވެ. އެހުވައިގެ ޖަވާބަކީ:-
Al-Lail·4
ﮣﮤﮥﮦ
Abu Bakr Ibrahim Ali (Bakurube)
(4) ހަމަކަށަވަރުން ތިޔަބައިމީހުންގެ ޢަމަލުތައް ތަފާތުވެގެންވެއެވެ. ސުވަރުގެ ވަންތަވެރި ޢަމަލާއި ނަރަކަވަންތަވެރިކަމުގެ ޢަމަލާއެވެ.
Al-Lail·5
ﮧﮨﮩﮪﮫ
Abu Bakr Ibrahim Ali (Bakurube)
(5) ފަހެ ތިމާގެ މުދާ ހެޔޮގޮތުގައި ހޭދަކޮށް ޞަދަޤާތް ކޮށް އަދި އެޔާއެކު އޭނާ تَقْوَى ވެރިވެ.