Surah 93Meccan11 Ayahs
Ad-Dhuhaa— The Morning Hours
093
Ad-Dhuhaa·1
ﭲﭳ
Abu Bakr Ibrahim Ali (Bakurube)
(1) ضُحَى ވަގުތު ނުވަތަ މުޅި ދުވާލު ގަންދެއްވައި الله ހުވައި ވަޙީ ކުރައްވައެވެ.
Ad-Dhuhaa·2
ﭴﭵﭶﭷ
Abu Bakr Ibrahim Ali (Bakurube)
(2) އަދި ރޭގަނޑު އޭގެ އަނދިރިކަމުން އެންމެހައި ތަކެތި އަދިރިކޮށް ނިވައިކޮށް ފިއްޔާ އެރޭގަނޑު ގަންދެއްވައި الله ހުވައި ވަޙީ ކުރައްވައެވެ.
Ad-Dhuhaa·3
ﭸﭹﭺﭻﭼﭽ
Abu Bakr Ibrahim Ali (Bakurube)
(3) (އޭރަސޫލު الله އެވެ.) ކަލޭގެފާނުންގެ رب ކަލޭގެފާނު ދޫކޮށްނުލައްވައެވެ. އަދި ކޯފާވެވޮޑި ނުގަންނަވައެވެ.
Ad-Dhuhaa·4
ﭾﭿﮀﮁﮂﮃ
Abu Bakr Ibrahim Ali (Bakurube)
(4) އަދި ހަމަކަށަވަރުން آخِرة އެބަހީ ސުވަރުގެޔާއި އެތާނގެ ނިޢްމަތް ދުނިޔެއަށްވުރެ ކަލޭގެފާނަށް ހެޔޮވެގެންވެއެވެ.
Ad-Dhuhaa·5
ﮄﮅﮆﮇﮈ
Abu Bakr Ibrahim Ali (Bakurube)
(5) އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ رب ކަލޭގެފާނު ރުހިވަޑައިގަންނަވާވަރަށް (ދުނިޔޭގެ فتح އާއި آخرة ގެ ثواب) ކަލޭގެފާނަށް ނިކަންހުރެ ދެއްވާނެއެވެ. އޭރުން ދެން ކަލޭގެފާނު ރުހި ވަޑައި ގަންނަވާނެއެވެ.