hadith book logo
Surah 94Meccan8 Ayahs

Ash-Sharh— The Consolation

094
Ash-Sharh·1
ﮥﮦﮧﮨﮩ
Abu Bakr Ibrahim Ali (Bakurube)

(1) ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ މޭމަތިފުޅު ތަނަވަސް ކޮށް ނުދެއްވަންތޯއެވެ؟ އެބަހީ ތަނަވަސްކޮށްދެއްވީމެވެ.

Ash-Sharh·2
ﮪﮫﮬﮭ
Abu Bakr Ibrahim Ali (Bakurube)

(2) އަދި ތިމަންރަސްކަލާނގެ ކަލޭގެފާނުންގެކިބައިން ކަލޭގެފާނުގެ ކުށްފާފަތައް ދުރުކުރެއްވީމެވެ. (އެބަހީ ޖާހިލިއްޔަ ޒަމާނުގައި ފާފައެއްވެފައިވާނަމަވެސް އެފާފައެއްވެސް ނަންގަވާ ދުރުކުރެއްވީމެވެ.)

Ash-Sharh·3
ﮮﮯﮰﮱ
Abu Bakr Ibrahim Ali (Bakurube)

(3) އެފާފަތަކަކީ ކަލޭގެފާނުންގެ ބުރަކަށިފުޅަށް ބުރަވެފައިވާ ފާފަތަކެވެ.

Ash-Sharh·4
ﯓﯔﯕﯖ
Abu Bakr Ibrahim Ali (Bakurube)

(4) އަދި ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ ނަންފުޅު އުފުއްލަވައި މަތިވެރި ކުރެއްވީމެވެ. (ފަހެ އެކަލާނގެ ނަންފުޅާއި ގުޅިގެން އަބަދާއި އަބަދު އިސްލާމުން ނަށް ކިޔޭނެގޮތަށް އެކަލޭގެފާނުންގެ ނަންފުޅު އެކަލާނގެ ލެއްވިއެވެ. ކޮންމެ ވަގުތަކު ބަންގި ގޮވާއިރުވެސް އެކަލޭގެފާނުންގެ ނަންފުޅު ކިޔޭގޮތަށް ލެއްވިއެވެ. އަދި މިނޫން ގޮތްގޮތަށްވެސް އުޑާއި ބިމުގައި އެކަލޭގެފާނުންގެ ނަންފުޅު މަތިވެރި ކުރެއްވިއެވެ.)

Ash-Sharh·5
ﯗﯘﯙﯚﯛ
Abu Bakr Ibrahim Ali (Bakurube)

(5) ހަމަކަށަވަރުން އުދަގުލާއި ދައްޗައްފަހު ފަސޭހައެކެވެ.